ޚަބަރު އިޖުތިމާޢީ

ހެންވޭރު ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މާލޭ ގެއެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އަލިފާނުގެ ހާދިސާ ހިނގީ ހެންވޭރު ހިރިޔާ ނަމަކަށް ކިޔާ ގެއެއްގެ ތިން ވަނަ ފަންގިފިލާގައެވެ. އެމްއެންޑީއެފަށް އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ ފަތިހު 3:57 ހާއިރުއެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވެ އަލިފާން ނިއްވައިލެއްވީ ރޭ 4:23 ހާއިރުއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މިއަދު ''ދެން'' އަށް ވިދާޅުވީ އެ ހާދިސާގައި އެެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

ނަމަވެސް އަލިފާން ރޯވި ކޮޓަރި އެއްކޮށްހެން އަނދާ ހުލިވެފައިވާ ކަމަށާއި އެ ކޮޓަރީގައި އަލިފާނުގެ ހާދިސާ ހިނގުމުން ޖެހިގެން ހުރި ދެ ކޮޓަރިއަށް ވެސް އެކަމުގެ އަސަރުުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!