ދީން

މުސްލިމުންގެ މޮޓޯއަކަށް ވާންޖެހޭނީ ހެޔޮކަން ކުރުމާއި، ނުބައިކަންކަމުން ދުރުހެލިވުން: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

މުސްލިމުންގެ މޮޓޯއަކަށް ވާންޖެހޭނީ ހެޔޮކަން ކުރުމާއި، ނުބައިކަންކަމުން ދުރުހެލިވުން ކަމަށް ޚުތުބާގައި ބުނެފިއެވެ. 

Ads by MWSC

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "އިސްލާމް ދީނަކީ އެކުވެރިންގެ ދީން" މިއެވެ.

ޚުތުބާގައި ބުނެފައިވަނީ ނުބައިކަމުން ދުރުހެލިވެ ރައްކާތެރިވުމުގެ މައްޗަށް ބާރު އެޅުމަކީ އާހިރަތުގެ ބާއްޖަވެރިކަނއ ލިބޭނެ ކަމެއް ކަމަށެވެ. އަދި އެ މަގުސަދު ނެތިވެ އެކުވެރިކަމަކީ ހަމައެކަނި ދުނިޔެވީ ބޭނުންތަކެއް ނުވަތަ ނަފްސުގެ އެދުންތަކެއް ހާސިލުކުރުމަށް ބާރުއަޅާ ގުޅުމަކަށް ވެއްޖެނަމަ އެ ގުޅުނުން އާހިރަތުގައި ދެމިނޯންނާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހެޔޮ ފޯރުވުމަކީވެސް އިސްލާމްދީނުގައި ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަކުގެ ބޭނުންތައް ދަނެ ތިމާގެ އަމިއްލަ ހަޔާތް ބާއްޖަވެރި ކުރަން އެދޭ ފަދައިން ތިމާގެ އަހާގެ ހަޔާތަށް ބާއްޖަވެރިކަން ގެނައުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެފައިވެއެވެ.

ހުތުބާގައި ބުނީ, މުއުމިނަކަށް ދަތިހާލެއް ޖެހިފައި ވަނިކޮށް, އެކަމަކުން އެމީހަކު ދުރުކޮށް ސަލާމަތް ކުރުމަށް މަސައްކަތްކޮށްދީ, އެހީތެރިވެއްޖެ މީހާއަށް ގިޔާމަތް ދުވަހުގެ ދަތި އުދަނގޫ ކަންތައްތަކުގެ ތެރެއިން ކަމެއް މާތް الله އެމީހެއްގެ ކިބައިން ދުރުކޮށް ދެއްވާނެ ކަމަށް ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށެވެ.

މުސްލިމުންގެ މެދުގައި ދެކޮޅުވެރިކަމާއި ފިތުނަ ފަސާދަ އުފެއްދުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫންކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ, އެކަމުގެ ސަބަބުން މުޖުތަމައު ބައިބައިވެ, އެކަކު އަނެކަކަށް ނުވަތަ އެއްބަޔަކު އަނެއް ބަޔަކަށް ނަފުރަތުވެ އެކުވެރިކަމުގެ ގުޅުން ކެނޑޭނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!