ދިވެހިރާއްޖޭގައި ހިންދޫދީން ފަތުރަން މަސައްކަތްކުރާ ކަމުގެ މައްސަލައެއް ފެންމަތިވެއްޖެ

އެ އިޝްތިހާރުތަކުގައިވާ ގޮތުން، ޑރ. ގަނޭޝް ޑުބޭ ކިޔާ ހިންދޫ ދީނުގެ ހާމުދުރަކު އޭނާގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް މިދިޔަ އަންގާރަ ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް މާލޭގައި ބާއްވަން ވަނީ ނިންމާފައެވެ.
އެ ސެޝަންތައް ބާއްވާ ތަނެއް އިޝްތިހާރުތަކުގައި ބުނެފައި ނުވި ނަމަވެސް، ބުކިން ހައްދާނެ ނަންބަރާއި އަގު ވަނީ ޖަހައިފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ހާމުދުރާއި އިތުރު މީހަކު މާލެ އައިސް އިއްޔެ ޗެކިން ވީ ހެންވޭރުގައި ހުންނަ އުނިމާ ގްރޭންޑް ހޮޓަލަށެވެ.
އެކަމާއި ގުޅިގެން، އުނިމާ ގްރޭންޑް ހޮޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ހޮޓަލަށް ޗެކިންވި ގެނޭޝް ޑުބޭ އާއި ނިމިޝާ ކިޔާ އިންޑިއާގެ ދެ މީހަކު އެ ހޮޓަލުގެ އުސޫލުތަކާ ހިލާފުވުމުގެ ސަބަބުން އެ މީހުން މިހާރު ޗެކް-އައުޓް ކޮށްފައިވާ ކަމަށާއި އެ މީހުން ފޭސްބުކް މެދުވެރިކޮށް، ޖަހާފައިވާ އިޝްތިހާރުތަކަކީ އެ ހޮޓަލާ އެއްވެސް ގުޅުމެއް ވާ އެއްޗެއް ނޫން ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ވެސް ފާޑުކިޔަމުންނެވެ.






ކޮމެންޓް