ދުނިޔެ

މޯދީ، ޕޫޓިންއާ ބައްދަލު ނުކުރައްވާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ޔޫކްރެއިން ހަނގުރާމައިގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރާނެ ކަމުގެ އިންޒާރުތައް ސިއްރުކޮށްފައިވާތީ، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ކޮންމެ އަހަރަކު ވެސް އިން ޕާސަނަލް ސަމިޓެއް މި އަހަރު ނުބާއްވަވާނެ ކަމަށް ބްލޫމްބާގް ނިއުސް އިން ރިޕޯޓްކޮށްފިއެވެ.

Ads by Sosun Fihaara

މިދިޔަ ސެޕްޓެމްބަރު މަހު އުޒްބެކިސްތާނުގައި ބޭއްވި ސަރަހައްދީ ސެކިއުރިޓީ ބްލޮކްގެ ސަމިޓުގެ ހަވާސާގައި މޯދީ އާއި ޕޫޓިން ބައްދަލުކުރައްވާފައިވާއިރު، ރަޝިއާއިން ޔޫކްރެއިންއަށް އަރައިގަތުމާ ގުޅޭ ގޮތުން ވެސް މި އަހަރު އެތައް ފަހަރަކު ފޯނުން ވާހަކަ ދައްކަވާފައިވެއެވެ.

ޗައިނާއަށްފަހު ރަޝިޔާގެ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމަކަށް ވެފައިވާ އަދި މޮސްކޯއާއެކު ވިޔަފާރީގެ ޑެފިސިޓް ކުޑަކުރުމަށް މަސައްކަތް ކުރަމުން އަންނަ އިންޑިއާއިން ޔޫކްރެއިންގައި ރަޝިޔާއިން ހިންގާ "ހާއްސަ އަސްކަރީ އޮޕަރޭޝަން" ގެ ގޮތުގައި ސިފަކުރާ ކަންތައް ސާފުކޮށް ކުށްވެރިކޮށްފައެއް ނުވެއެވެ.

ރަޝިއާގެ އޮފިޝަލަކު ބްލޫމްބާގްއަށް ވިދާޅުވީ މިއަހަރު ސަމިޓެއް ނުބާއްވަން އިންޑިއާ އިން ނިންމި ނިންމުން އުޒްބެކިސްތާނުގައި ބޭއްވި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ ސަމިޓުގައި ވަރަށް ސާފުކަމަށެވެ. މި ޒަމާނަކީ ހަނގުރާމައިގެ ޒަމާނެއް ނޫން ކަމަށް މޯދީ ވަނީ ޕުޓިން ކައިރިން ވިދާޅުވައެވެ.

 

  1. މާދަމާދެކޭމީހާ

    މިޒަމާނަކީ ތަންތަން އަޅުވެތިކޮއްގެން އުޅޭ ޒަމާނެއްތޯ މޯދީކުރެން އަހާލަން ކެރޭވަރުގެ ނޫސްވެރިޔަކު ރާއްޖޭގަ އުޅޭތޯ ވެސް އަހާލާކައް ކެތޭވަރުގެ މީހަކުވެސް ނެތީބާ