ވާވޭއާއެކު ސައުދީން އެއްބަސްވުމަކަށް

ސައުދީ އަރަބިއްޔާއިން ޗައިނާގެ ވާވޭ ޓެކްނޮލޮޖީސް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ ސައޫދީއަށް މިހާރު ވަޑައިގެން އުޅުއްވާ ޗައިނާގެ ރައީސް، ޝީ ޖިންޕިންގެ ދަތުރުގައި ސޮއިކުރުމަށް ކުރިއާލައި ހަމަޖެހިފައި އޮތް އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން ސައޫދީގައި ކްލައުޑު ކޮމްޕިއުޓިން ގާއިމުކުރުމަށް ޑާޓާ ސެންޓަރުތައް ބިނާކުރުމާއި ސައުދީ ސިޓިތަކުގައި ވާވޭ ޓެކްނޮލޮޖީޒްގެ ޒަމާނީ ވަސީލަތްތައް ގާއިމުކުރާނެ އެވެ.
ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒް އަކީ އެމެރިކާ އާއި އިނގިރޭސިވިލާތް އަދި އެމެރިކާ ބުނާހާ ގޮތެއް ހަދަން ތައްޔާރަށް ތިބި ގައުމުތަކުން މަނާކޮށްފައި އޮތް ކުންފުންޏެކެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި ވާވޭގެ އުފެއްދުންތައް އިލެކްޓްރޯނިކް އާލާތައް އުފައްދާފައި ހުންނަނީ ޖާސޫސްކުރެވޭ ގޮތަށެވެ.
ސައުދީ ބުނާ ގޮތުން އެއްވެސް ބައެއްގެ ކޮޅަށް އަރައި ވަކި ބަޔަކަށް ބުވަރުން ދެން އިއާދައެއް ނުކުރާނެ އެވެ. ސައުދީން ބަލާނީ އެ ވަގުތަކު ގައުމަށް ފައިދާ ބޮޑު ގޮތެވެ. ބަޔަކު ދޭ ވަސްވާހަކުން ސައޫދީގެ ތަރައްގީއަށް ހުރި ޕްރޮޖެކްޓްތައް ހުއްޓުވުމެއް ނޯންނާނެ ކަމަށް ވެސް ސައުދީން ވަނީ ބުނެފަ އެވެ.
ދުނިޔޭގެ ހުރިހާ ޤައުމަކުން ސައުދީގައި އިންވެސްޓު ކުރީމާ ރަގަޅުވާނެ ވަކި ޤައުމަކަށް ބަރޯސާ ބޮޑުނުވާ ގޮތަށް !