ދުނިޔެ

ދީނީ މިނިވަންކަން ނެތް ޤައުމެއްގެ ގޮތުގައި އެމެރިކާއިން ޕާކިސްތާނު ފާހަގަކުރުމުން އެ ޤައުމުން ކަންބޮޑުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ޕާކިސްތާނަކީ ދީނީ މިނިވަންކަމަށް ހާއްސަ ކަންބޮޑުވުމެއް އޮތް ގައުމެއްގެ ގޮތުގައި ލިސްޓުކުރުމުން ޕާކިސްތާނުން ފާޑު ކިޔައިފިއެވެ.

Ads by Sosun Fihaara

ފޮރިން އޮފީހުގެ ތަރުޖަމާނު މުމްތާޒް ޒަހްރާ ބަލޮޗް ކޮންމެ ހަފުތާއަކު ބާއްވަމުން އަންނަ ބްރީފިންގައި އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައި، ވިދާޅުވީ އެ ޤައުމަކީ ވަރަށް އަމާން ޤައުމެއް ކަމަށާއި ދީނީ މިނިވަންކަން އޮންނަ ޤައުމެއް ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިދިޔަ ހޯމަ ދުވަހު ނެރުނު "ރިލިޖަސް ފްރީޑަމް ޑެސްޓިނޭޝަންސް" ގެ ލިސްޓުގައި ޗައިނާ، ރަޝިއާ، އީރާން، ސައުދީ އަރަބިއްޔާ އަދި އުތުރު ކޮރެއާ ހިމެނޭ ގޮތަށް 11 ގައުމެއް ވަނީ ހިމެނާފައެވެ.

ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ބަލޮޗް ވިދާޅުވީ، މިކަމުން އިނގިގެންދަނީ އެމެރިކާއިން ޕާކިސްތާނާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށެވެ. އަދި އެކަންވަނީ ކުށްވެރިކޮށް، އަވައްޓެރި އިންޑިއާ ލިސްޓްގައި ނެތުމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޕާކިސްތާނަކީ ބައިނަލްއަޤްވާމީ އެއްބައިވަންތަކަމުގެ އާދަކާދަތަކުން މުއްސަނދި، ދީނީ ގިނަ ޤައުމުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަކީ ވަރަށް ޑައިވާސް މުޖުތަމަޢެއް، ޕާކިސްތާނުގެ ޤާނޫނުއަސާސީއަކީ މައިނޯރިޓީންގެ ޙައްޤުތައް ޙިމާޔަތްކުރާ ބައެއް. އަދި މި ޕްލޭސްމަންޓާ މެދު އަޅުގަނޑުމެންގެ ވިސްނުން އެމެރިކާއަށް އަންގާފައިވާނެ،" އޭނާ ވިދާޅުވިއެވެ.

ޕާކިސްތާން މީގެ ކުރިން އެ ލިސްޓުގައި ހިމެނުނު ނަމަވެސް މިދިޔަ އަހަރު އެ ގައުމު އެ ލިސްޓުގައި ނުހިމެނުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރެވުނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!