ބިދޭސީންނަށް މަސްވެރިކަން ކުރެވޭނަމަ ސިނާއަތް ގެއްލިދާނެ: ނާޒިމް

ރާއްޖޭގައި ބިދޭސީންނަށް މަސްވެރިކަން ކުރެވޭނެ ގޮތަށް އެކުލަވާލައިފައިވާ އުސޫލުގެ ސަބަބުން އެ ސިނާއަތް ގެއްލިދާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާ ތަމްސީލު ކުރައްވާ މެންބަރު ނާޒިމް މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ނާޒިމް ވިދާޅުވީ ދިވެހި މަސްވެރިން ބިނާކުރަންޖެހޭ ކަމަށާއި އެކަން ކުރަން ބޭނުންނަމަ ކުރެވޭނެ ކަމަށެވެ. ނަމަވެސް އެކަން ނުކޮށް ރާއްޖޭގައި ބިދޭސީންނަށް މަސްވެރިކަން ކުރެވޭނެ ގޮތަށް އެކުލަވާލައިފައިވާ އުސޫލުގެ ސަބަބުން އެ ސިނާއަތް ގެއްލިދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މަސްވެރިންގެ ދުވަހުގެ ތަހުނިޔާ މަސްވެރިންނާއި އެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެންނަށް ދަންނަވަން. ދިވެހި މަސްވެރިން ބިނާކުރެވެން ވާނެ، އެކަން ކުރަން ބޭނުންނަމަ ކުރެވޭނެވެސްމެ. އެކަން ނުކޮށް ބިދޭސީންނަށް މަސްވެރިކަން ކުރެވޭނެ ގޮތް ހެދުމަކީ އެ ސިނާއަތް ގެއްލުމުގެ ފެށުން.މަސްދޯނިތަކުގައި ބިދޭސީންނަށް މަސްވެރިކުރަން ހުއްދަ ލިބޭ ގޮތަށް ހަދައި ބޮޑެތި ދޯނިފަހަރުގައި ގިނަވެގެން އަށް ބިދޭސީން ގެންގުޅެވޭ ގޮތަށް ގަވާއިދު އިސްލާހުކުރީ މިދިޔަ މަހުގެ 30 ގައެވެ.






ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.