ޚަބަރު އިޖުތިމާޢީ

ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އަޑިއަށް ދިޔަ ދޯނި

ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.

Ads by Sosun Fihaara

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އަޑިއަށްދިޔައީ ނ.ވެލިދޫން ފުރައިގެން ށ.ގޮއިދޫއަށް ދަތުރުކުރަމުންދިޔަ ކުޅުދުށްފުށީ "ހައިޝަމް" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ.

ހަތަރު ދިވެހިން ތިބި އެ ދޯނި ދިޔަވެ އަޑިއަށް ގޮސްފައިވަނީ ށ. ބޮޑުޅައިމަންދޫ ކައިރިއަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއަދު 11:13 ހާއިރު އެ ހާދިސާގެ މަޢުލޫމާތު ލިބުމާއެކު ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗާއި ށ.ފޮނަދޫގައި އޮންނަ ސީ އެމްބިއުލާންސް ވަނީ އެ ސަރަހަށްދަށް ގޮސްފައިވާ ކަމުގައެވެ.

ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވެ 70 ފޫޓުގެ އެ ދޯނި ވަނީ ބޮޑުޅައިމަންދޫ ފަރާ ކައިރިކޮށްފައެވެ.

މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ގިނަ ޢަދަދެއްގެ މުދާހުރި އެ ދޯނިން އޮޔާ ދިޔަ ގޭސް ފުޅިތައް ނޮދަން އޭރިއާ ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗުން ހޮވާފައިވާަކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!