ޒުވާން އަންހެނަކު މަރާލާފައި އޮއްވާ ފެނިއްޖެ
ހދ. ނޮޅިވަރަމްގައި ޒުވާން އަންހެނަކު މަރުވެފައި އޮއްވާފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 28 އަހަރުގެ މީހެކެވެ. އޭނާގެ ތިން ދަރިން ތިބެއެވެ.
އެރަށުން މައުލޫމާތު ދިން ގޮތުގައި މަރުވެފައި އޮއްވާ ފެނުނު އަންހެން ކުއްޖާގެ މަރާއިގުޅިގެން ޝައްކު އުފެދޭ ކަންތައްތަކެއް ފެނިފައިވާ ކަމަށެވެ. އަދި މިކަމުގައި އޭނާގެ ފިރިމީހާގެ މައްޗަށް ޝައްކު ކުރެވޭއިރު، ފިރިމީހާ އެރަށުން ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
ރަށުން މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ، ފިލައިގެން ދިޔަ ފިރިހެން މީހާއަކީ އެރަށުގެ މީހެއް ނޫން ކަމަށާއި އަދި މަސްތުވާތަކެތީގެ ރިކޯޑެއް ވެސް އޮންނަ މީހެއް ކަމަށެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ ތަޙްޤީޤް ކުރަމުންނެވެ.
ފުލުހުން މީޑިއާތަކާ މައުލޫމާތު ހިއްސާކުރަމުން ވިދާޅުވީ، މީހަކު މަރާލައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިގެން މިއަދު މެންދުރު 12:30ގައި ފުލުހުން ހަރަކާތްތެެރިވެފައިވާ ކަމަށެވެ. އަދި ހޭނެތިފައިވާ ސީން އިން ފެނުނު ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ވިދާޅުވިއެވެ. މައްސަލަ ތަހްޤީޤް ކުރަމުންދާ ކަަމަށް ފުލުހުން ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
ހުކުމް ތަންފީޒު ނުކުރެވެންޏާ ތިކަމެއް ނުހުއްޓުވޭނެެ
ހައްލަކީ މަރަށް މަރު ހިފުން
އަސްލު ވިކްޓިމް ސަލާމަތް ވާންވެގެން އެ ދިޔައީ. އެއި ބަލިކުއްޖެއްކަމަށް ވާނީ. ފުލުހުން އަވަހަށް އޭނާ ހޯދާ ހިމާޔަތްދީ