ދުނިޔެ

ޕާކިސްތާނުން އައިއެސްގެ ހަތަރު މީހަކު މަރާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ ފަރުބަދަމަތީ ޑިސްޓްރިކްޓެއްގައި އެގައުމުގެ ސަލާމަތީ ބާރުތަކުން އައިއެސްގެ ހަތަރު މީހަކު ހުއްޓުވައި މަރާލާފައިވާ ކަމަށް ޕާކިސްތާނުން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

ޕްރޮވިންސް ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުން ބުނީ މަރުވި މީހުންނަކީ އަމިއްލައަށް އިއުލާނުކޮށްފައިވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ސަރަހައްދީ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޚުރާސާން ޕްރޮވިންސް (އައިއެސްއައިއެސް-ކޭ) އާ ގުޅުން ހުރި މީހުން ކަމަށާއި، އަފްޣާނިސްތާނުގެ ފަރާތުން ފަރުބަދަމަތީ އުތުރު ވަޒީރިސްތާން ބޯޑަރު ޑިސްޓްރިކްޓަށް ވަދެފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން "ސާޗް އޮޕަރޭޝަނެއް" ކުރިއަށް ގެންދިޔަ އިރު، އޭގެ ފަހުން ހިނގި ކުރިމަތިލުންތަކުގައިއެ މީހުން މަރުވެފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އައިސިސް-ކޭ އިން އަފްޣާނިސްތާނުން ބޭރުގައި ހަރަކާތްތެރިވެ، ބޯޑަރުގެ ދެފަރާތަށް ހަމަލާދިނުމަށް ރާވައެވެ. ގާތްގަނޑަކަށް 20 އަހަރުގެ ހަނގުރާމައަށް ފަހު އެމެރިކާ އާއި ނޭޓޯގެ ބައިވެރިން ސިފައިން އަނބުރާ ގެންދިއުމުން މިދިޔަ އަހަރު ތާލިބާނުން އެ ގައުމުގެ ވެރިކަމާ ހަވާލުވި ފަހުން ސަރަހައްދީ ޓެރަރިޒަމްގެ ހަރަކާތްތައް ވަނީ ވަރުގަދަކޮށްފައެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ޕާކިސްތާނުގެ އެމްބަސީއަށް މިދިޔަ ހަފުތާގައި އައިސިސް-ކޭގެ ދެ ބަޑީގެ ހަމަލާއެއް ވަނީ ދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!