މި ވެރިކަމުގެ ޚާއްސަ ސިފައަކީ ބުހުތާން ދޮގުހެދުން: ޖަމީލް

މި ވެރިކަމުގެ ޚާއްސަ ސިފައަކީ ބުހުތާން ދޮގުހެދުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އިއްޔެ ގދ.ފަރެސްމާތޮޑާއަށް ވަޑައިގެން އެ ސަރަހައްދުގެ މަސްވެރިންނާއެކު ބޭއްވި ބައްދަލުވުމަށް ޢިޝާރަތް ކުރައްވައެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި މިހާރުހުރި ބޮޑެތި މައްސަލަތައް އަންނަ އަހަރު މެދާ ހަމައަށް އަންނައިރު ހައްލުކުރެެވޭނެ ކަމަށް ވިދާޅުވެފައެވެ.
ޑރ.ޖަމީލް ވިދާޅުވީ މި ވެރިކަމުގެ ޚާއްޞަ ސިފައަކީ ބުހުތާން ދޮގުހެދުން ކަމަށާއި މަސްވެރިން މިހާރު އަވަދިވެއްޖެ ކަމަށެވެ.
މަސްވެރިން އަވަދިވެއްޖެ. އަދިވެސް އެންމެ ކުރީގެ ކެސެޓް ޖެހުން. ބުއްދިވެރި ގޮތަކީ ކަނު އަދި މަންމަނުން ކަމަށް ހެދިގެން މީޓިން އިން ނުކުތުން. ކުޑައިރުއްސުރެ ނަތީޖާ ޝީޓްގައި ސުމެއް އޮތް ވެރިއެއް މިއީ.
ރައީސް ޞާލިޙް އިއްޔެ މަސްވެރިންނާއެކު ބޭއްވި ބައްދަލުވުމަށް ހާޒިރުވީ މަދު ބައެކެވެ. އެތަނަށް ދިއުމުގެ ބަދަލުގައި ގިނަ ޢަދަދެއްގެ މަސްވެެރިން ވަނީ ކަޅު ޓީޝާޓުގައި ހިމޭން އިހުތިޖާޖެއް ކޮށްފައެވެ.
ްަ ރައީސް ޔާމީނު ގެ ވެރިކަމުގަ ޚާއްސަ ވަނީ ޖަމީލު މެން ކަހަލަ ފިނޑިން ބިރުން ގޮސް ރ.ނަސީދު ގެ ފޮށާ ގަނޑު ދޮށައްވަންނަ މީހުން ހާމަ ވެގެން ދިޔުން.
އަސްލު ވެރިކަމަށް އިބޫ ސޯލިހު އައީ ވޯޓް އޮޅުވައިގެންނޭ އޭރުވެސް މީހުންކީ އެހެންވީމަ އެކަން އަހަރެންވެސް ގަބޫލުކުރަން ސަބަބަކީ އެހ ަވަހަށް ވޯޓް ކަ ރުދާސްތައް ނައްތާލީމަ ދެން ޔަގީންވީ