ދުނިޔެ

އަފްޣާނިސްތާނު ސިފައިންގެ ބަޑީގެ ހަމަލާތަކުން އާންމުންގެ ހަ މީހަކު މަރުވެއްޖެ: ޕާކިސްތާން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ ޗަމަން ބޯޑަރު ކައިރީގައި އަފްޣާނިސްތާނު ސިފައިން ދިން ބަޑީގެ ހަމަލާތަކުގައި އާންމުންގެ ހަ މީހަކު މަރުވެފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ

Ads by Sosun Fihaara

ޕާކިސްތާނުގެ އަސްކަރިއްޔާގެ މީޑިއާ ވިންގުން އާދީއްތަ ދުވަހު ބުނީ އަލިފާނުގެ ހާދިސާގައި 17 މީހުން ޒަޚަމްވެފައިވާ ކަމަށާއި، މި ހާދިސާގައި މަރުވި މީހުންގެ ޒިންމާ ނަގަން ޖެހޭނީ އަފްޣާނިސްތާނު ސިފައިން ކަމަށާއި އާންމުންގެ ތެރެއަށް ބަރު ހަތިޔާރު ގެނައީ އަފްގާނުން ކަމަށް ޕާކިސްތާނުގެ ސިފައިން ހާމަކުރެއެވެ.

ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ޗަމަން އަކީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މައި ބޯޑަރު ހުރަސްކުރާ ސަރަހައްދެވެ.

އަފްޣާނިސްތާނުގައި ކަންދަހާރުގެ ގަވަރުނަރު އަތާއުالله ޒައިދުގެ ތަރުޖަމާނަކު ވަނީ ޕާކިސްތާނާއި ތާލިބާން ސިފައިންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި އާ ޗެކްޕޮއިންޓްތަކެއް އެޅުމާ ގުޅުވާލައިފައެވެ.

ކަންދަހާރު ފުލުހުންގެ ތަރުޖަމާނު ހާފިޒް ސަބަރު ވިދާޅުވީ އަފްޣާނިސްތާނު ސިފައިންގެ އެކަކު މަރުވެ، އާންމުންގެ ތިން މީހުންނާއެކު އިތުރު 10 މީހަކު ޒަހަމްވެފައިވާ ކަމަށެވެ.

އަފްޣާނިސްތާނުގެ މި ހާދިސާއަށް ސިފައިން ރައްދު ދިން ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނި ނަމަވެސް އެގައުމުގެ މީޑިއާ ވިންގުން އިތުރު ތަފްސީލެއް ނުދެ އެވެ. އަދި ޕާކިސްތާނުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައި، ބޯޑަރު ސަރަހައްދުގައި ހިނގި ހާދިސާގެ ސީރިއަސްކަން ހާމަކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!