އެސްޓީއޯ ރެކްރިއޭޝަން ކްލަބް: އެހެން ކުންފުނިތަކުގެ ނަމޫނާ ކްލަބު!

ކޮންމެ ދެ އަހަރަކުން އެއް އަހަރު، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ދެ ހާހަށް ވުރެ ގިނަ މުވައްޒިފުން ބޮޑު ނިންމުމެއް ނިންމައެވެ. އެއީ އެ މީހުންގެ ބޮޑު އިންތިޚާބެވެ. ހޮވަނީ ނުވަ މެންބަރެކެވެ. އެއީ ކުރިޔަށް އޮތް ދެ އަހަރަށް އެ މުވައްޒިފުންގެ އިތުރު ހަރަކާތްތައް ރާވާ ހިންގާނެ 9 މީހުންނެވެ. އެސްޓީއޯ ރެކްރިއޭޝަން ކްލަބްގެ ނުވަ ބައިވެރިންނެވެ.
ރާއްޖޭގައި އުފެދިފައިވާ އެހެން ރެކްރިއޭޝަން ކްލަބްތަކަށް ވުރެ ބޮޑަށް އެސްޓީއޯގެ ކްލަބަކީ ވަރަށް ހިންގުންތެރި ބައެކެވެ. މުބާރާތްތަކާއި އެހެނިހެން ހަރަކާތްތަކުގައި ވެސް ވަރަށް ގިނައިން އަޑު އިވޭ ނަމެކެވެ.
މި ކްލަބްގެ ހަރަކާތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހޯދާލުމަށް "ދެން"އިން އެސްޓީއޯ ރެކްރިއޭޝަން ކްލަބްގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޝަހާދާ އެކު ވަގުތު ކޮޅެއް ހޭދަކޮށްލީމެވެ.
"މިއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުން އަންނަ ކްލަބް، އަޅުގަނޑަށް ވަރަށް ޔަޤީންކަމާ އެކު ބުނަން ކެރޭނެ. މި ކްލަބްްއަކީ އެހެނިހެން ކުންފުނިތަކަށް ފުރިހަމަ ނަމޫނާއައް" ޝަހާދުގެ ވާހަކަތައް ފެށީ މިހެންނެވެ. އެ ކްލަބުން ކޮށްފައި ހުރި ގިނަ ކަންކަމާއި ރާވާފައި ހުރި ހަރަކާތްތަކުގެ އިންތިޒާމްތަކުގެ ފުރިހަމަކަމުން އެ ކްލަބާ ވާދަކޮށްލެވޭނެ ކްލަބެއް ނެތްކަމުގެ ޔަޤީންކަން ޝަހާދު ދިނެވެެ.
[caption id="attachment_170291" align="alignnone" width="1024"]
2022 އަދި 2023 ވަނަ އަހަރަށް އިންތިޚާބުވި ކްލަބްގެ ސްޓިއަރިން ކޮމިޓީ[/caption]
"މި ޓީމުން މުޅި އަހަރު ދުވަހުގެ ހުރިހާ އިވެންޓްސްތައް ރޭވުމާއި ބަޖެޓް ހެދުމާއި މިހެން ގޮސް ވަރަށް ގިނަ ކަންކަން ކުރާނެ. ކްލަބްގަތިބޭނީ އިންތިހާބީ ނުވަ މެންބަރުން، ދެން ތިބޭނީ ޗެއާއާއި ވައިސް ޗެއާ. އެެބޭފުޅުންގެ ދައުރަކީ މެނޭޖްމެންޓްގެ ތެރެއިން ކްލަބަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުން" އެސްޓީއޯގެ ރެކްރިއޭޝަން ކްލަބްގެ ހައިރާކީ ކިޔައިދެމުން ޝަހާދު ވިދާޅުވިއެވެ.
ޕޭސްޓްރީ ކޯހުގެ ތެރެއިން.. މިއީ ފަންނު އާލާކުރުމަށް ބޭއްވުނު ކޯހެއް[/caption]
އެހެން ރެކްރިއޭޝަން ކްލަބްތަކާ ޚިލާފަށް އެސްޓީއޯގެ ރެކްރިއޭޝަން ކްލަބަކީ ހަމައެކަނި ކުޅިވަރަށް ހުސްވެފައި އޮންނަ ކްލަބެއް ނޫނެވެ. ވޮލީއާއި ފުޓްސަލް މުބާރާތްތައް ބޭއްވިޔަސް، މުވައްޒަފުންގެ ހުނަރު ތަރައްޤީ ކުރުމަށް ވެސް އެ ކްލަބުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކްލަބުން އިންތިޒާމް ކުރި ޑްރައިވިން ކޯސްގެ ތެރެއިން[/caption]
މިހާރު ވެސް އެ ކްލަބުން ދަނީ 60 ބައިވެރިންނާއެކު ފިޓްނަސް ޕްރޮގްރާމެއް ހިންގަމުންނެވެ. އަދި މީގެ ކުރިން ޑައިވިން ކޯސްތަކާއި، ޕޭސްޓްރީ އަދި ފޮޓޯގްރަފީ ކޯސްތައް ބާއްވާ ގިނަ މުވައްޒަފުން ވަނީ ތަމްރީންކޮށްދީފައެވެ.
އެސްޓީއޯ އިން މި އަހަރު ބޭއްވި ޤުރުއާން މުބާރާތުގެ ތެރެއިން.[/caption]
އޭގެ އިތުރުން ރީޖަނަލް އޮފީސްތަކުގެ މުވައްޒިފުންނަށްް، އެސްޓީއޯގެ ނަމުގައި އެ ސަރަހައްދުގައި ބާއްވާ ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮތްއިރު، ޓީމަށް ހިނގާ ޚަރަދުތަކުގައި ހިފަނީ ރެކްރިއޭޝަން ކްލަބުންޏެވެ.
އެސްޓީއޯ މަސްރޭސް.. މިއީ ވަރަށް ފޯރީގައި ކޮންމެ އަހަރަކު އޮންނަ މުބާރާތެއް[/caption]
ކުޅިވަރުތަކަށް ބަލާނަމަ، ބެޑްމިންޓަނާއި، ވޮލީއާއި، މަސް ރޭހާއި، ފުޓްސަލް މުބާރާތްތައް އިންތިޒާމް ކުރިއެވެ. އޭގެ އިތުރުން ކްލަބް މޯލްޑިވްސް ފަދަ ބޮޑެތި މުބާރާތްތަކާއި، އައްޑޫ އިންޓަރ އޮފީސް ފުޓްސަލް މުބާރާތާއި، ކުޅުދުއްފުށީ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތާއި، ފުވައްމުލައް ސިޓީ ކައުންސިލް އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާިިތްފަދަ ކުޅިވަރުގެ ހަރަކާތްތަކުން ވެސް އެސްޓީއޯގެ ރެކްރިއޭޝަން ކްލަބްގެ ބައިވެރިވުން ފެނިގެންދިޔައެވެ.
ކްލަބްގެ އަމާޒަކީ މިއަންނަ އަހަރު މިއަހަރަށް ވުރެ ވެސް ހަރަކާތްތެރިވުމެވެ. އަންނަ އަހަރުގެ ހަރަކާތްތައް މިހާރު ރާވަމުން އަންނައިރު، އަޒުމަކީ ވާދަވެރިކަމާއެކު ކާމިޔާބު އަހަރަކަށް މިއަންނަ އަހަރު ވެސް ހެދުމެވެ. އަހަރަކަށް ވުރެ އަހަރެއް ހިންގާލުމެވެ.
އެސްޓީއޯ ރެކްރިއޭޝަން ކްލަބްގެ ކާމިޔާބީގެ ފަހަތުގައި އޮތީ އެސްޓީއޯގެ މެނޭޖްމެންޓާއިި، ރިކްރިއޭޝަން ކްލަބުގެ ކުޅަދާނަ ސްޓިއަރިންގ ކޮމިޓީއާއި، ހިއްވަރުގަދަ މުވައްޒިފުންނެ. ކޮންމެ ކަމެއްގައި މައިކްރޯ މެނޭޖްކުރުމމުގެ ބަދަލުގައި، ކްލަބަށް ކުރައްވާ އިތުބާރާއި ގާތްކަމަށް ޝަހާދުގެ ޝުކުރު އޮއްސާލިއެވެެެ.
[caption id="attachment_170290" align="alignnone" width="1024"]
އެސްޓީއޯ ސްޓާފް ނައިޓްގެ ތެރެއިން.. އެސްޓީއޯ އެމްޑީ އަމްރު އަދި އެސްޓީއޯ އާރުސީގެ ޗެއަރ ޝިފާން[/caption]
"އެމްޑީއަށާއި އަހަރެމެންގެ ޗެއާއަށް ފަށްފަށުން ޝުކުރު. ގްރާސްރޫޓުން ފެށިގެން ބޯޑް މެންބަރުންނާ ހަމައަށް ބައިވެރިވުން ކްލަބްގައި އޮންނާތީ އަސްލު ހިތްހަމަޖެހުން މި ލިބެނީ" ޝަހާދުގެ ޝުކުރު ލިސްޓް ކުރުކޮށް ފޮނިކޮށްލިއެވެ.

ހަމައެކަނި ކުޅިވަރެއް ނޫން، ފަންނު ކުރިއަރުވަން ވެސް އެހީވެދޭ!
ޑިޕާޓްމެންޓްގެ ވާދަވެރިކަން ނައްތާލުމަށް އެސްޓީއޯއިން އުފެއްދި ހައުސްތަކާއެކު، ރިކްރިއޭޝަން ކްލަބް ގުޅިގެން އަންނަނީ ފުޅާ ދާއިރާއެއްގައި ގިނަގުނަަ ހަރަކާތްތަކެއް ހައުސްތަކުގެ މެދުގައި ހިންގަމުންނެވެ. އޮފީހުގެ މާހައުލުގައި ރަނގަޅު ޚިދުމަތެއް ދެވޭނީ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ވެސް ރަނގަޅުކޮށްގެން ކަމަށް ދެކިގެން އެސްޓީއޯއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މި އަހަރަކީ ވެސް ތަފާތު ގިނަ ހަރަކާތްތަކެއް ހިންގި އަހަރެކެވެ. [caption id="attachment_170289" align="alignnone" width="768"]
ޕޭސްޓްރީ ކޯހުގެ ތެރެއިން.. މިއީ ފަންނު އާލާކުރުމަށް ބޭއްވުނު ކޯހެއް[/caption]
އެހެން ރެކްރިއޭޝަން ކްލަބްތަކާ ޚިލާފަށް އެސްޓީއޯގެ ރެކްރިއޭޝަން ކްލަބަކީ ހަމައެކަނި ކުޅިވަރަށް ހުސްވެފައި އޮންނަ ކްލަބެއް ނޫނެވެ. ވޮލީއާއި ފުޓްސަލް މުބާރާތްތައް ބޭއްވިޔަސް، މުވައްޒަފުންގެ ހުނަރު ތަރައްޤީ ކުރުމަށް ވެސް އެ ކްލަބުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
"އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި މުވައްޒަފުން ހަމައެކަނި އޮފީހުންލިބޭ މުސާރައަށް ބަރޯސާވުމަކީ އެންމެ ރަނގަޅު ވިސްނުމެއް ނޫން. އޭގެ ބަދަލުގައި މަސައްކަތުގެ މާހައުލުން ވެސް ގިނަ ފުރުސަތުތަކެއް ޝައުގުވެރިކަން ހުންނަ ދާއިރާތަކުން ހުނަރު ތަރައްގީކުރުމަށް އެބަލިބެންޖެހޭ".އެ ކްލަބުން އިންތިޒާމްކޮށްގެން ހުނަރު ތަރައްޤީކުރުމަށް ކޯސްތައް ރާވާ ހިންގައެވެ. އަދި މުވައްޒިފުން ބޭނުންވާ ނަމަ އެފަދަ ކޯސްތަކަށް ކްލަބް މެދުވެރިކޮށް ބައިވެރިވެ ދަސްކުރުމަށް އެހީތެރިވެއެވެ. "ކޮންމެ ކުއްޖަކު ވެސް ބޭނުންވޭ ކުރަން، އެކަމަކު ފައިނޭންޝިއަލީ އެކަމަށް ޖާގަ ނުލިބޭތީ އޮންނަނީ ގިނަފަހަރު ނުވެފައި. އެހެންވެ، އަޅުގަނޑުމެން ހަދާ ގޮތަކީ އެ މުވައްޒަަފަކު ބައިވެރިވާން ބޭނުންވާ ކޯސް އަދި ސްކިލް ޑިވަލޮޕްމަންޓް ޕްރޮގްރާމްތަކުގައި ދައްކަންޖެހޭ ފީގެ 50 އިންސައްތަ އަށް ވާ ފައިސާ ކްލަބުގެ ފަރާތުން ކަވާރކޮއްދެނީ"" [caption id="attachment_170288" align="alignnone" width="1024"]
ކްލަބުން އިންތިޒާމް ކުރި ޑްރައިވިން ކޯސްގެ ތެރެއިން[/caption]
މިހާރު ވެސް އެ ކްލަބުން ދަނީ 60 ބައިވެރިންނާއެކު ފިޓްނަސް ޕްރޮގްރާމެއް ހިންގަމުންނެވެ. އަދި މީގެ ކުރިން ޑައިވިން ކޯސްތަކާއި، ޕޭސްޓްރީ އަދި ފޮޓޯގްރަފީ ކޯސްތައް ބާއްވާ ގިނަ މުވައްޒަފުން ވަނީ ތަމްރީންކޮށްދީފައެވެ.
އެކަކު ވެސް ބާކީ ނުކުރުމުގެ އަޒުމެއް
"އަޅުގަނޑުމެން އަދި މެނޭޖްމެންޓްގެ ވެސް ވިސްނުމަކީ، މުވައްޒިފުން އެއްތަންކޮށް، މުވައްޒިފުންނަކީ އެއްބައިވަންތަ އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރާ ތަނަކަށް އެސްޓީއޯ ހެދުން" ރެކްރިއޭޝަން ކްލަބްގެ ބޭނުމަކީ ކޮބައިތޯ ސުވާލުކޮށްލުމުން ޝަހާދު ދިނީ މި ޖަވާބެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ކަހަލަ ގޮތަކަށް އެސްޓީއޯގެ މުވައްޒިފުން ހަރަކާތްތެރިވަމުން އަންނައިރު، ރެކްރިއޭޝަން ކްލަބްގެ އަމާޒަކީ އެއްވެސް މުވައްޒިފަކު ބާކީ ނުކޮށް، އެންމެ ގުޅިގެން ހުރިހާ ހަރަކާތްތައް ހިންގުމެވެ. މިގޮތުން، ކްލަބްގެ ފަރާތުން ބާއްވާ ކުޅިވަރުތަކުގައި ވެސް ރީޖަނަލް ސްޓާފުންނަށް ސްލޮޓް ޚާއްސަ ކުރުމާއި އޮންލައިންކޮށް ބައެއް ކޯސްތައް ބޭއްވުން ފަދަ ކަންކަން ކްލަބުން ކުރެއެވެ. [caption id="attachment_170296" align="alignnone" width="1024"]
އެސްޓީއޯ އިން މި އަހަރު ބޭއްވި ޤުރުއާން މުބާރާތުގެ ތެރެއިން.[/caption]
އޭގެ އިތުރުން ރީޖަނަލް އޮފީސްތަކުގެ މުވައްޒިފުންނަށްް، އެސްޓީއޯގެ ނަމުގައި އެ ސަރަހައްދުގައި ބާއްވާ ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮތްއިރު، ޓީމަށް ހިނގާ ޚަރަދުތަކުގައި ހިފަނީ ރެކްރިއޭޝަން ކްލަބުންޏެވެ.
އަހަރަކަށް ވުރެ އަހަރެއް ރަނގަޅުކުރުމުގެ އުންމީދުގައި
މި އަހަރަކީ ވެސް އެސްޓީއޯ ރިކްރިއޭޝަން ކްލަބްގެ ފަރާތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެވުނު އަހަރެކެވެ. ކޮވިޑް-19 ރާޅާ އެކު އަހަރުގެ ފުރަތަމަ ދެ މަހުގައި ހަރަކާތްތައް މަޑުޖައްސާލި ނަމަވެސް، ތިން ވަނަ މަސް ފެށިގެންއައީ ސިފައިންނާ ގުޅިގެން ގިރިފުށީގަިއެވެ. 300އެއްހައި މުވައްޒިފުން މިހަރަކާތްތަކުގައި ބައިވެރިވިއެވެ. އޭގެ ފަހުން ޕޭސްޓްރީ ކޯހެއް ބާއްވާފައިވާއިރު، ރޯދަ މަހު ވެސް ވަނީ މަދަހަ މުބާރާތާއި ޤުރުއާން މުބާރާތް ފަދަ މުބާރާއްތައް ބާއްވާފައެވެެ. [caption id="attachment_170287" align="alignnone" width="960"]

ކޮމެންޓް