ހަސަން ވިދާޅުވަނީ ވެރިކަމަށް ފަސް އަހަރުވާން ކައިރިވީއިރު، މަސްވެރިކަމުގެ ސިނާޢަތް ބޮއްސުންލައިފި ކަމަށް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ފަސް އަހަރުވާން ކައިރިވީއިރު، މަސްވެރިކަމުގެ ދާއިރާ އޮތީ ބޮއްސުން ލާފައި ކަމަށް އެމްޑީޕީގެ ކުރީފެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
މަސްވެރިންނަށް ވަޢުދުވެވަޑައިގެން 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިނުގައި ރައީސް ދެއްކެވި ވާހަކަފުޅެއްގެ ވީޑިއޯ ހިއްސާ ކުރައްވައި، ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ވެރިކަމުގެ ފަސް އަހަރު ހަމަވާން ކައިރިވެފައިވާއިރު މަސްވެރިކަމުގެ ދާއިރާ އޮތީ ބޮއްސުން ލާފައި ކަމަށެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުން އެމްޑީޕީގެ މަސްވެރިކަމުގެ ސިޔާސަތުތައް ދޫކޮށްލައްވައިފައިވާ ކަމަށެވެ.
"އެތަނުން އެތިކޮޅަކާ އަނެއް ތަނުން އެތިކޮޅެއް ނަންގަވައިގެން އެޔެއް މިޔެއް ނުބަލައްލަވައި ކަންކަން ކުރައްވަން އުޅުއްވީމަ ފަސް އަހަރު ހަމަވާންދާ އިރު މިއޮތީ ބޮއްސުންލާފައި." އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ.ފަރެސްމާތޮޑާއަށް ވަޑައިގެން ރައީސް ވިދާޅުވީ، ހުވަދު އަތޮޅުގެ މަސްވެރިންގެ ދަތިތައް ޙައްލު ކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގަންނަވާ ކަމުގައެވެ.
އެމަނިކުފާނު ވިދާޅުވީ، މަސްވެރިންނަށް ދިމާވެފައިވާ މަސްކިރުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އަންނަ އަހަރު ރާއްޖެ ގެނެވޭ ހަތަރު ބޯޓުގެ ތެރެއިން 270 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އާއި 120 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީގެ ބޯޓު ހުވަދު އަތޮޅު ފަރުބިތުގައި ބޭއްވުމަށް ހަމަޖައްސަވާފައިވާ ކަމަށެވެ. މީގެ އިތުރުން މަސްވެރިންނަށް ތެޔޮ ލިބުމުގެ ދަތިކަން ހައްލު ކުރުމަށް، އެސްޓީއޯ މެދުވެރިކޮށް ފިއުލް ސަޕްލައި އިން، މަސްވެރިންނަށް ހެޔޮ އަގުގައި އަދި ކްރެޑިޓަށްވެސް ތެޔޮލިބޭނެ މަގު ދާދިއަވަހަށް ހަމަޖައްސައި ދެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަހުގެ ހަމައަގު ހަސަނުގެ ބޮސްއަށްވެސް ހަސަނުގެ ރައްޓެހި ކުދިންނާ ޕާޓީގެ އެއްވެސް މީހަކަށް ބުނެދޭން ނޭގުނު އިރު ސާލިހް އެކަމަށް ކުރާނީ ކޮންކަމެއް. އެއީ ނަސީދުގެ ވައުދު ފުއްދޭތޯ ސާލިހް ކުރައްވަން އުޅުނުކަމެއް. ފިސަރީޒް ސައެންސް ނުކިޔަވާ މެރިޓައިމް ކިޔަވައިގެން މަހުގެ ކަމެއް ހަމައެއް ނުޖެއްސޭން.