އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުހުންގެ އިސް އޮފިޝަލުންނާ މަޝްވަރާކޮށްފިއެވެ.
އީސީން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ބައެއް މަސައްކަތްތަކާއި ގުޅިގެންނާއި، ރިޔާސީ އިންތިޚާބު 2023 ގެ ސެކިއުރިޓީއާ ގުޅުންހުރި ކަންތައްތަކާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރި ޕާޓީތަކުގެ ތެރޭގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ، އިދިކޮޅު ޕީޕީއެމް، އަލަށް އުފެއްދި އެމްއެންޕީގެ އިތުރަށް އެމްޑީއޭ ހިމެނެއެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމްޑީއޭއިން ވާދަކުރައްވަނީ އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދެވެ. އެމްޑީޕީއާއި އެމްއެންޕީގެ ކެންޑިޑޭޓް ކަނޑައަޅަނީ ޕްރައިމަރީއަކަށް ފަހުގައެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރުމަހުގައެވެ. މި އިންތިޚާބަށް ބަޖެޓުގައި 90 މިލިއަން ރުފިޔާ ވަނީ ކަނޑައަޅުއްވައިފައެވެ.
އާނ! ޖެހޭނެދޯ މިފަހަރުވެސް ވޯޓުން ވައްކަންކުރަން ޞުލްޙަވެރި އިންތިޚާބެއް ބާއްވާއިފާނެ ކަމާމެދު ވަރަށް ސުވާލު އެބައުފެދޭ ސަބަބަކީ މިހާރު ވެރިކަން ފޭރިގަނެގެން މިތިބަ ބައިގަނޑަކީ ވޯޓު އޮޅުވާލުމާ ވޯޓުން ވައްކަންކުރުމަށް ވަރަށް ހުނަރުވެރި އެކަމަށްފަރިތަ އަދި އެކަމުގެ ވަރަށްމަތީ ދަރަޖައިގެ ރެކޯޑު އޮތް ބައިގަނޑެއްް
ޔާﷲ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ނުބައި ނުލަފާކަމުން މުސްލިމް މިކުޑަކުޑަ ދިވެހިރާއްޖެ ސަލާމަތްކުރައްވައިފާންދޭވެ އާމީންް
އަދި ޢަބްދުﷲޔާމީނުގެ ދުޝްމިނުންނާއި އަދާވާތްތެރިންގެ ނުބައިނުލަފާ ރޭވުންތަކުން ޢަބްދުﷲ ޔާމީން ސަލާމަތްކުރައްވައި ރައްކާތެރި ކިރައްވައިފާންދޭވެ. އާމީން