ޚަބަރު

އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބުގެ ތަޢުޒިޔާގެ ދަފްތަރުގައި ރައީސް މައުމޫން ސޮއިކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އައްނަބީލާ ޙަބީބާ ޙުސައިން ޙަބީބުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ސޮއިކުރައްވައިފިއެވެ.

Ads by Sosun Fihaara

އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބުގެ ހަނދާނުގައި ޚާއްސަ ތަޢުޒިޔާގެ ދަފްތަރެއް ހުޅުވާފައިވަނީ މިދިޔަމަހުގެ 28 ވަނަ ދުވަހުއެވެ. މި ދަފްތަރުގައި ޝުޢޫރު ފާޅުކުރައްވާށާއި، ލިޔުއްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެފުރުޞަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އަންނަބީލާ ޙަބީބާ ހުސައިން ޙަބީބް އަވަހާރަވީ މިދިޔަމަހުގެ 21 ވަނަ ދުވަހުއެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 92 އަހަރެވެ. އެކަމަނާ ވަނީ 49 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައެވެ. މީގެތެރެއިންވެސް އެންމެ ގިނަ ދުވަހު މަސައްކަތްޕުޅު ކުރައްވާފައިވަނީ ޤައުމީ ކުތުބުޚާނާގައެވެ.

ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ޙަބީބާ ޙުސައިން ޙަބީބަށް ވަނީ ލިބިވަޑައިގެންފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!