ޚަބަރު ސިޔާސީ

މިއީ އެންމެ ހުތުރު ފަސް އަހަރު: ޑރ.ޖަމީލް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ޑރ. ޖަމީލް ވާހަކަފުޅު ދައްކަވަނީ

މިއީ އެންމެ ހުތުރު އެންމެ ހަރާންކޯރު ފަސް އަހަރުކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޖަމީލް ކުރެއްވި ޓުވީޓެއްގައި ވަނީ މި ސަރުކާރަށް އެންމެ ކާމިޔާބު ޕްރޮޖެކްޓްތަކުގެ ގޮތުގައި ސަރުކާރުގެ ބައެއް ސިޔާސަތުތައް ފާހަގަކުރައްވައި ފާޑު ވިދާޅުވެފައެވެ

ސަރުކާރަށް އެންމެ ކާމިޔާބު ޕްރޮޖެކްޓްތަކަކީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމާއި ތަކެތީގެ އަގުބޮޑުކުރުމާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވެރިންގެ ''ނިމުމެއް ނެތް ދަތުރުތައް'' ކަމާއި ރެކޯޑް އަދަދަކަށް ސިޔާސީ މަޤާމް އުފެއްދެވުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް އެހެން ވިދާޅުވިއިރު އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖީއެސްޓީގެ ގޮތުގައި %8 އަދި ޓީޖީއެސްޓީގެ ގޮތުގައި %16 ނަގާނެއެވެ. މިހާރު ނަގަނީ ޖީއެސްޓީގެ ގޮތުގައި %6 އަދި ޓީޖީއެސްޓީގެ %8 އެވެ. ދާދިފަހުން ޖަމީލް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ޓެކްސްގެ ތަކްލީފް ޖައްސާފައި ވެރިން އުޅުއްވަނީ ނުކުރެއްވެވި ހުރި ދަތުރުތައް ކުރައްވައި މަޖާ ނެންގެވުމުގައި ކަމަށެވެ.

އަދި ސިޔާސީ މަޤާމު އިތުރުވެގެން ރިޔާސީ ކެމްޕޭނުގައި ރައީސް ޞާލިޙް ވާހަކަ ދެއްކެވި ކަމަށާއި ނަމަވެސް މިފަދަ ކޮންމެ ކަމަކުން ތަމްސީލު ކުރައްވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދަތަކަށް ޚިޔާނާތްތެރިވެވަޑައިގަތުން ކަމަށް ވެސް ޖަމީލް ވިދާޅުވެފައިވެއެވެ. އަދި މިއަދު ސިޔާސީ މަޤާމުތަކާއި ކުރާ ޚަރަދުވެސް ހާމަކުރަން ދެކޮޅު ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

Ads by HDC
  1. އިއްބެޟޫސަ

    ޖަމީލުތިޔަހެންކިޔަންލަދުނުގަންނާތީއަހަރެންޢަޖާއިބުވަންޖަމީލަކީއަމިއްލައެދުންވެރިކަމަށްބޮޑުވެމިހާރުކިޔެވިތަކެތީގެބޭނުންނެތިލަދުހަޔާތްހުސްވެފައިވާމީހެއްކަންމިހާރުއަހަރެމެންށްއެނގިއްޖެއެވެ