ދުނިޔެ

ޖަޕާނުގެ އަސްކަރީ ބަޖެޓް ދެގުނަ ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާ އާއި އުތުރު ކޮރެއާގެ ނުރައްކާ ބޮޑުކަމަށް ބުނެ ޖަޕާނުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އަސްކަރީ ހަރަދުތައް ދެގުނަ ކުރާނެ ކަމަށް ބުނެފިއެވެ.

Ads by Sosun Fihaara

ޖަޕާނުން ބުނީ އަސްކަރީ ބަޖެޓް އިތުރު ކުރުމާއެކު ދުޝްމިނުންގެ މަރުކަޒުތަކަށް ހަމަލާދިނުމުގެ ޤާބިލުކަން ވެސް ލިބިގެންދާނެ ކަމަށެވެ.

މި ބަދަލުތަކަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ސުލްހަވެރި ގާނޫނު އަސާސީއެއް ޖަޕާނުން ގެންގުޅުނު ފަހުން އެގައުމުގެ ސަލާމަތީ ސްޓްރެޓެޖީއަށް ގެނައި އެންމެ ބޮޑު ބަދަލެވެ.

މި ޕްލޭންގެ ދަށުން ޓޯކިޔޯއަށް ހަމަލާދީފިނަމަ ދުޝްމަނުންގެ ލޯންޗް ސައިޓްތައް ހަލާކުކުރުމުގެ ގާބިލުކަން ލިބިފައިވާ އެމެރިކާގެ ދުރު ރާސްތާގެ މިސައިލްތައް ގަތުމަށް ވަނީ ހަމަޖެހިފައެވެ.

ބަޖެޓް ބޮޑު ކުރުމާއެކު ސައިބާ ހަނގުރާމައިގެ ގާބިލްކަން ވެސް އިތުރުވެގެންދާނެ އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 2027 ވަނަ އަހަރު އަންނަންވާއިރަށް ޖަޕާނުގެ ދިފާއީ ބަޖެޓަކީ ޖީޑީޕީގެ 2 އިންސައްތަ ކަމަށެވެ.

"ހިތާމައަކީ އަޅުގަނޑުމެންގެ ގައުމުގެ ކައިރީގައި ނިއުކްލިއާ ގާބިލްކަން އިތުރުކުރުމާއި، ހަލުވި އަސްކަރިއްޔާއެއް ބިނާކުރުމާއި ބާރުގެ ބޭނުންކޮށްގެން ހާލަތު ބަދަލުކުރުމަށް އެއްފަރާތްކޮށް މަސައްކަތް ކުރުން ފަދަ ހަރަކާތްތައް ހިންގާ ގައުމުތައް އުރުން" އޭނާ ވިދާޅުވި އެވެ.

"މިކަންކަން ވެސް މިހާރު މިދަނީ އިތުރުވަމުން. ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ ދިފާއީ ޤާބިލުކަން އަސާސީ ގޮތުން ހަރުދަނާ ކުރުމަށްޓަކައި، 43 ޓްރިލިއަން ޔެން (314 ބިލިއަން ޑޮލަރު؛ 257 ބިލިއަން ޕައުންޑް) ގެ ޑިފެންސް ބިލްޑްއަޕް ޕްރޮގްރާމެއް ހިންގާނަން."

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!