އަލިފާނުގެ ހާދިސާއަށް ފަހު އެފްކޮންސްގެ މުވައްޒަފަކު ގެއްލިގެން ހޯދަނީ

ގުޅިފަޅުގައި ހުންނަ ވިލިމާލެ ބްރިޖް މަސައްކަތްކުރާ މީހުންގެ އެކެމަޑޭޝަން ބްލޮކުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެފްކޯންސްގެ މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ބްރިޖު އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާންއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވަނީ އަލިފާނުގެ ހާދިސާއަށްފަހު އެކަކު މަދު ކަމަށެވެ.
އެހެންކަމުން އެމީހާ ހޯދުމުގެ މަސައްކަތް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
އަލިފާން ރޯވި ހާދިސާއާ ގުޅިގެން 73 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. ބައެއް މީހުން ސަލާމަތްވުމަށް އިމާރާތުން ފުންމާލުމުން ތަންތަން ވަނީ ބިންދައިގެން ގޮސްފައިވެއެވެ. ރޯވި އެކެމަޑޭޝަން ބްލޮކުގައި 465 މީހުން ދިރިއުޅޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.