ޚަބަރު ސިޔާސީ

ޖޭއެސްސީ އަކީ ބަތްކައްކާ ކުޅޭ ތަނެއް : ހީނާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު--

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް، އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by STELCO

ޖޭއެސްސީން ފަނޑިާރުންނަށް ޚާއްސަކޮށްގެން އިއްޔެ ފެށި އަށް ދުވަހުގެ ތަމްރީނު ޕްރޮގްރާމާ ގުޅޭ ޓްވީޓެއް ހިއްސާ ކުރައްވައި، ހީނާ ވަނީ، އެ ކޮމިޝަނަކީ ސަރުކާރުގެ ނުފޫޒުގެ ތެރޭގައި އޮތް ބަތްކައްކާ ކުޅޭ ތަނެއް ކަމަށް ވިދާޅުވެފައެވެ.

"މުޅި ޖޭއެސްސީން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމްޑީޕީ ބޭނުންވާ އަތަކަށް ވާންކޮށްލީމަ ރައްޔިތަކަށް ކޮން އިންސާފެއްތޯ ލިބެނީ؟" ހީނާ ވިދާޅުވިއެވެ.

އޭނާ ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަަދަލު ކުރުމަށް ސަރުކާރުން ވީ ވަޢުދު ފުއްދުމަށްވެސް ގޮވައިލައްވައިފައެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް އަލުން އާ ކޮމިޝަނެއް އެކުލަވާލުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވައުދެކެވެ.

ރައީސްގެ ވަޢުދު ފުއްދުމުގެ ގޮތުން ޖޭއެސްސީ އަލުން އެކުލަވާލާއިރު އެ ކޮމިޝަން އޮންނަންވީ ގޮތުގެ ޙިޔާލު ހޯދުމަށް ބަންޑާރަނައިބް އޮފީހުން އާންމުންގެ ހިޔާލު ހޯދަން ހުޅުވައިލެއްވުމުން، އާންމުން ހިޔާލު ދިނީ އެ ކޮމިޝަނުގައި ސިޔާސީ ބޭފުޅުން ތިބެން ނޭދޭ ކަމަށެވެ.

 

  1. ބޮޑު ހީނާ

    ޙީނާ އަށް މާބޮޑަށް އެނގެނީ.