ފުޓްބޯޅަ

ވޯލްޑް ކަޕްގައި އާޖެންޓީނާ މޮޅުވުމުގެ ފަހަތުގައި ސިހުރުވެރިން؟

ރައުފާ ރަޝީދު ، ދެން އޮންލައިން

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022ގައި ފައިނަލުން ޖާގަ ހޯދި ހުރަތަމަ ޓީމަކީ އާޖެންޓީނާއެވެ. ތަފާތު މޮޅު ކުޅުމެއް އެ ޓީމުގެ ފަރާތުން ދައްކަމުންދާ އިރު މިރޭ އާޖެންޓީނާ އާއި ފްރާންސް ބައްދަލުކުރާ މެޗައް އެންމެންވެސް ތިބީ ވަރަށް ތައްޔާރުވެެގެންނެވެ

ވޯލްޑް ކަޕް 2022 ގެ ފުރަތަމަ މެޗު ފިޔަވާ އާޖެންޓީނާ ކުޅުނު ހުރިހާ މެޗަކުން ވަނީ ކުރިހޯދާފައެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސައުދީ އަތުން އާޖެންޓީނާ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

މީސް މީޑިއާގައި މިވަގުތު އެންމެ ގިނައިން ދެކެވޭ ވާހަކައަކީ އާޖެންޓީނާ މޮޅުވުމުގެ ފަހަތުގައި "ސިހުރުވެރިން"ގެ އަތްތަކެއްވާ ކަމަށެވެ. ނިއުޔޯކް ޓައިމްސްގައި އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި 100 އަންހެން ސިހުރުވެރިން އާޖެންޓީނާގެ މޮޅު ކުރަން ސިހުރު ހަދަމުންދާ ކަމަށެވެ.

ސިހުރުވެރިއެއް ކަމަށް ދައުވާކުރާ އާޖެންޓީނާގެ މަގާލީ މާޓިނެޒް، ނިއުޔޯކް ޓައިމްސް އަށް ކިޔައިދިން ގޮތުގައި ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު އިރު ދަނޑު މަތީގައި މެސީ ގަބުވެފައި ހުންނަކަން އޭނާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މެސީގެ ކުޅުމުގައި ކަމެއް ގޯސް ހެން ހީވި ކަމަށާއި އޭނާއަށް ބޮޑަށް ލަފާ ކުރެވުނީ އެއީ އެސްފީނާގެ ކަމެއް ކަމަށް ބުންޏެވެ.

އެހިސާބުން މެސީއަށް ވަރަށް ބޮޑަށް ފޯކަސްކޮށް އޭނާ ފެށީ ކިޔެވެލިތައް ކިޔަވަންށެވެ. ކިޔަވަމުން ފެން ތައްޓެއްގެ ތެރެއަށް މަޑުމަޑުން އޭނާ ދިޔައީ ތެޔޮ ތިކިތައް ބުރުވަމުންނެވެ. " ފެނުގައި އެ ތެޔޮތައް ފެތުރިފައިވާ ނަމަ ނަމަ މެސީ އެ ހުރީ ސަލާމަތުން. އެކަމަކު ތަށީގެ މެދަށް ތެޔޮތައް ޖަމާވެފައިވާނަމަ، އޭނާއަށް އެ ހުރީ އެހެން ބައެއްގެ ސިހުރު ޖެހިފަ" މާޓިނެޒް ބުންޏެވެ.

"ދަގަތްފާނެއް ގޮތަަށް އެއްތަނަކަށް ތެޔޮތައް ޖަމާވީ" މާޓިނެޒް ބުންޏެވެ. އަދި އޭނާއަށް އެކަނި މެސީއަށް ފަރުވާ ނުދެވޭނެ ކަން އެނގުމުން ޓްވިޓާގައި އެކަން ހާމަކުރިއެވެ. "އީވިލް އައި ހީލިން ސިސްޓާސް، މެސީ އަށް ވަރަށް އަސަރުކޮށްފި, އެންމެންގެ އެހީ ބޭނުން" މާޓިނެޒް ބުންޏެވެ.

އެތައް ހާސް ބަޔަކު އޭނާގެ ޓްވީޓް ޝެއާކޮށްފައިވާއިރު، ގިނަ ބަޔަކު ބުނަމުން ދަނީ ފުޓްބޯޅައިގެ "ގޯލްޑެން ބޯއި" ހިމާޔަތް ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!