މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން މަރުވެއްޖެ
ވ. ފުލިދޫގައި މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން މަރުވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ އިންޑިއާ ފިރިހެނެކެވެ.
އޭނާ އަކީ ފުލިދޫގައި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީއެކެވެ. އޭނާ މޫދަށް އެރި އުޅުނީ އެ ރަށު ފަޅުތެރޭ ސަރަހައްދުގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މޫދުން ނަގައިގެން ސިއްޙީ މަރުކަޒަށް ގެންދިޔަ އިރު ވަނީ މަރުވެފައެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައި ނުވެއެވެ.
Ads by Allied Insurance