ޚަބަރު

ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލައިފިއެވެ.

Ads by STELCO

ނިޝާމާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މިމަހުގެ 9 ވަނަ ދުވަހު، ނިޝާމާ މަރުވެފައި އޮއްވާ ފެނުނުއިރު މި މައްސަލައިގައި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލަށް ތުހުމަތު ކުރެވި ވަނީ ހައްޔަރު ކޮށްފައެވެ. އެހެންނަމަވެސް ފުލުހުން ބެލުމުގެ ދަށުގައި ހުއްޓާ، އޭނާ ދަން ޖެހިފައި ހުއްޓާ ފެނިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.

ފައިސަލް މަރުވިނަމަވެސް، ނިޝާމާގެ މަރުގެ މައްސަލަ ތަހުގީގު ކުރާނެކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!