ޚަބަރު ސަރުކާރު

ގަމުގައި ހަދާ 100 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މި ސަރުކާރުން ލ.ގަމުގައި އިމާރަތްކުރަން ނިންމާފައިވާ 100 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފިއެވެ.

Ads by STELCO

ހައުސިން މިނިސްޓްރީން އިއްޔެ ގަމުގައި ބޭއްވެވ ރަސްމިއްޔާތުގައި ހައުސިން ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމާއި އެ ރަށު ކައުންސިލު މެންބަރުންނެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ގަމުގައި 100 ހައުސިންގ ޔުނިޓު ހަދަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ މިދިޔަ މެއިމަހުގެ 30 ގައެވެ.

އެއް އަހަރު ދުވަހުގެތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި އެ މަޝްރޫޢުގެ އަގަކީ 84 މިލިއަން ރުފިޔާއެވެ.

ގަމުގައި އިމާރަތްކުރަން ހަމަޖެހިފައިވާ ހައުސިން ޔުނިޓުތަކުގައި ތިން ކޮޓަރިއާއި ކޮންމެ ކޮޓަރިއެއްގައި ފާހާނާއަކާއި ސިޓިން ރޫމާއި ބަދިގެއާއި ކާގެއާއި ލޯންޑްރީއާއި ސްޓޯރޫމް ވެސް ހުންނާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ކުރިން ވިދާޅުވެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!