ވިޔަފާރި

އެސްޓީއޯގެ ވެއާހައުސް ސޭލް މިފަހަރު ފުވައްމުލަކުގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެސްޓީއޯ އިން ބާއްވާ އަހަރުގެ ބޮޑު ސޭލް، ވެއާހައުސް ސޭލް މިފަހަރު ފުވައްމުލަކުގައި ބާއްވައިފިއެވެ.

Ads by Sosun Fihaara

މިއަހަރުގެ ސޭލް ބާއްވާފައިވަނީ ފުވައްމުލަކު އެޑިއުކޭޝަން ސެންޓަރުގައެވެ. މި ސޭލް ރަސްމީކޮށް ހުޅުވާ ދެއްވީ ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާއީލް ރަފީޤެވެ.

މި ސޭލްގައި އެސްޓީއޯއިން އެތެރެކޮށް ވިއްކާ ކުއަލިޓީ ހޯމް އަދި ކިޗެންސް އެޕްލަޔަންސްތަކުން ވަަރަށް ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

އަދި މި ސޭލުން ވިޔަފާރިކުރާ މީހުންގެ ތެރޭގައި ގުރުއަތު ނަގާ، ހޮވޭ ނަސީބުވެރި 20 މީހަކަށް ވަރަށް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅައިފައެވެ.

މި ސޭލް މިރޭ ރޭގަނޑު 8 އިން 10 އަށް އަދި މާދަމާ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް ކުރިޔަށްދާނެއެވެ.

ވެއާހައުސް ސޭލުން އެސްޓީއޯއިން އަލަށް ތައަރާފުކުރި ބަދިގެއަށް ހާއްސަ ބްރޭންޑް ރަސެލް ހޮބްސް އާއި ބިއުޓިޓީ ބައިކެޗްސްގެ ޕާސަނަލް ކެއާއަށް ހާއްސަ ރެމިންގްޓަން ބްރޭންޑްގެ ތަކެތި ލިބެން ހުންނާނެއެވެ.

ކުޑަކުދިންނަށް ހާއްސަ ގިނަ ހަރަކާތްތަކާއެކު ކުރިޔަށް ގެންދާ މި ސޭލްގައި، އެ ކުންފުނީގެ ޕްރޮޑަކްޓުތައް ހިލޭ ރަހަބަލާލުން ކުރިއަށްދާނެެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!