ޚަބަރު

އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ، ޕީޕީއެމްގެ އިސް އެކްޓިވިސްޓް، އައްބާސް އާދިލް ރިޒާ ދާދި ދެންމެއަކު ހައްޔަރު ކޮށްފިއެވެ.

Ads by STELCO

އައްބާސް ހައްޔަރު ކޮށްގެން ގެންދިޔައީ، އޭނާ ދިރިއުޅުއްވާ ގެއިންނެވެ.، ފުލުހުން އޭނާ ގެންދިޔައީ އަތުގައި ބިޑިވެސް އަޅުވައިގެންނެވެ.

އައްބާސް ހައްޔަރު ކޮށްފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅު ޖެހުމަށް ގޮވައިލެއްވި މައްސަލައިގައެވެ.

އިމިގްރޭޝަން ކޮންޓްރޯލާ ކަމާއި ކަސްޓަމްސްގެ ވެރިޔާގެ މަގާމާއި އެނޫންވެސް ސަރުކާރުގެ އިސް މަޤާމުތައްވެސް ފުރުއްވާފައިވާ އައްބާސް އާދިލް ރިޒާ ކުރެއްވި ޓްވީޓެއްގައި ގޮވާލައްވާފައިވަނީ ފެބުރުއަރީ 8 ގައި އިންޑިޔާގެ އޯޑަރަށް އައްޑޫގައި ހުޅުޖެހި ކަމަށާއި، އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށެވެ. އަދި އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަ ކަމަށެވެ.

އައްބާސް އަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވައި، އެ ޤައުމުން ގެންގުޅޭ އެކި ސިޔާސަތުތަކަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!