ޚަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

Ads by Sosun Fihaara

އޮންލައިން ނޫސް "ފެށުން" ގައި ބުނެފައިވަނީ މިހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮއްސި 18:18 ގައި ކަމަށެވެ.

މިހާރު އެއަލިިފާންގަނޑު ނިއްވާލާފައިވާ ކަަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިހާދިސާގައި މީހަކު ފިހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވާއިރު، މިކަމަކާއި ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މައުލޫމާތު ދީފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ އެއާޕޯޓުގެ އިރުމަތީ ފަރާތު ސީޕްލޭނު ފިއުލްް ސްޓޯރޭޖް ސަރަޙައްދުގައެވެ. މިހާދިސާގައި އެކޮމްޕެނީގެ މުވައްޒަފަކަށް އަނިޔާވެފައިވާ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

ހާދިސާގެ މައުލޫމާތު ލިބުމާއެކު އެއާޕޯޓުގެ ފަޔަރ އެންޑް ރެސްކިޔު ޓީމުން ވަނީ އެސަރަޙައްދަށް ގޮސް އަލިފާންގަނޑު ނިއްވާލާފައެވެ.

އެއާޕޯޓުގައި ހިނގި މިއަލިފާނުގެ ހާދިސާ މިހާރު އަންނަނީ ތަހުގީގު ކުރަމުން ކަމަށް ވެސް އެމްއޭސީއެލުން ބުނެފައިވެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!