''ގާބަރ'' ބްރޭންޑްގެ ކުޑަކުދިންގެ ކާނާ ގަވާއިދާ ޚިލާފަށް އެތެރެކޮށް މާކެޓުކުރުން މަނާކޮށްފި

''ގާބަރ'' ބްރޭންޑްގެ ކުޑަކުދިންގެ ކާނާ ގަވާއިދާ ޚިލާފަށް އެތެރެކޮށް މާކެޓުކުރުން މަނާކޮށްފިއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ މިހާރަކަށް އައިސް
''ގާބަރ'' ބްރޭންޑްގެ ކަނޑައެޅިފައިވާ އުފެއްދުންތައް ރަޖިސްޓްރީނުކޮށް މާލޭގެ ފިހާރަތަކާއި މީސްމީޑިއާ މެދުވެރިކޮށް ވިއްކަމުންދާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމުގައެވެ.
އެމްއެފްޑީއޭއިން ވިދާޅުވީ ކަނޑައެޅިފައިވާ އުފެއްދުންތައް ރަޖިސްޓްރީކުރުމުގެ މަގުސަދުތަކުގެތެރޭގައި ޅަފަތުގެ ކުދިންނާއި ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި ގާތުން ކިރު ދޭ މައިންގެ ދުޅަހެޔޮ ސިއްހަތަށާއި ރައްކާތެރި އަދި އެދެވިގެންވާ ކާނާ ލިބިގަތުމަށް މަގުފަހިކޮށްދިނުން ހިމެނޭ ކަމުގައެވެ. އަދި މި އުފެއްދުންތަކުގެ ފެންވަރާއި މާކެޓްކުރުމާއި ވިއްކުމާއި އެއާ ބެހޭ މަޢުލޫމާތާއި ބޭނުންކުރާނެ ގޮތުގެ އިރުޝާދުދީ އޭގެ މިންގަނޑުތައް ހިފެހެއްޓުން ވެސް ހިމެނޭ ކަމުގައެވެ.
އެހެންކަމުން މިފަދަ އުފެއްދުންތައް ރަޖިސްޓްރީނުކޮށް ވިއްކުމަކީ އެ އުފެއްދުންތެރިކަމުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ކަމެއް ކަމުގައި ވެސް އެމްޑީއެފްއޭއިން ވިދާޅުވިއެވެ. އަދި ގާބަރ ބްރޭންޑްގެ ކަނޑައެޅިފައިވާ އުފެއްދުންތައް އެ އޮތޯރިޓީގައި ރަޖިސްޓްރީނުކޮށް އިމްޕޯޓްކުރުމާއި މާކެޓްކޮށް ވިއްކުމަކީ މަނާކަމެއް ކަމަށާއި އެ އުފެއްދުންތައް ވިއްކާނަމަ އެ އޮތޯރިޓީއަށް އެ މަޢުލޫމާތެއް ހިއްސާކުރުމަށް ވެސް ވަނީ އެދިލައްވައިފައެވެ.