އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވި ބޭފުޅުންގެ ކެންޑިޑެންސީ ބަލައިގަނެ، ކެންޑިޑޭޓް ނަންބަރު ތަރުތީބުކޮށްފިއެވެ.
ޕްރައިމަރީއަށް ކުރިމަތިލެއްވުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުއެވެ. އެ މުއްދަތު ހަމަވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
އެމްޑީޕީން މިއަދު ވަނީ ޕްރައިމަރީއަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކާއި ކެންޑިޑޭޓް ނަންބަރު އިއުލާނުކޮށްފައެވެ.
ކެންޑިޑޭޓް ނަންބަރު/ނަން:
1 މުޙައްމަދު ނަޝީދު (ގ ކެނެރީގެ/މާލެ)
2 އިބްރާހީމް މުޙައްމަދު ޞާލިހް (ނޫރާނީއާގެ/ޅ.ހިންނަވަރު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ތާވަލުކޮށްފައިވަނީ އަންނަަ މަހުގެ 28 ގައެވެ.
އެ ޕާޓީން ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ އިންތިޚާބުގެ ކަންކަން އިންތިޒާމުކުރާ ކޮމިޓީ ވެސް ހޮވައިފައެވެ.
ކާފަރުންގެހުވާކަށަޥަރަކީޢަގެއްހުރިއެޗެނޫހަދީސްތަކުންސާބިތުވެޔް