ޚަބަރު ސިޔާސީ

އިދިކޮޅު މުޒާހަރާ: ދެ މީހުން ފިޔަވައި އެންމެން ދޫކޮށްލައިިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން ރޭ ކުރި މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފިއެވެ.

Ads by STELCO

އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ކުރި މުޒާހަރާގައި ޖުމްލަ 21 މީހަކު ހައްޔަރުކުރިއެވެ.

އޭގެތެރޭގައި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު ވެސް ހިމެނިވަޑައިގަންނަވައެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ދެ މީހަކު ފިޔަވައި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމުގައެވެ. އެ އެންމެން ވެސް ދޫކޮށްލީ ރޭގެ ވަގުތެއްގައެވެ.

ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމުން ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވެވީ މި މަހުގެ 25 ވަނަ ދުވަހުގައެވެ.

ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އިދިކޮޅު ކޯލިޝަނުން ވަނީ ނިންމައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!