އާ އަހަރު ފެށުން ފާހަގަކުރަން ހަވާ އަރުވަނީ

އާ އަހަރުގެ ފެށުން ފާހަގަކުރަން މިއުޒިކް ޝޯ އަކާއެކު ހަވާ އެރުވުމަށް ނިންމައިފިއެވެ.
ޔޫތް މިނިސްޓްރީން ބުނީ އެ ޝޯގައި ބޮލީވުޑްގެ ލަވަކިޔުންތެރިއެއް ކަމަށްވާ ޕައުނީ ޕާންޑޭ ފެނިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ބޮޑުބެރު ލަވަތަކާއި ދިވެހި ބައެއް ފަންނާނުންގެ ހުށަހެޅުންތައް ފެނިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިއުޒިކް ޝޯ އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެރޭ 8:30 ގައި ހުޅުމާލެ ސިންތެޓިކް ޓްރެކުގައެވެ. ޝޯގެ ތެރެއިން ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީގެ ކުރިން ވެސް ހަވާ އެރުވުމުގެ ހަރަކާތްތައް ބާއްވާފައިވެއެވެ.