ޚަބަރު

ރައީސް ޞާލިޙު ވިދާޅުވި ޒާތުގެ ވާހަކައެއް، ރައީސް ވަހީދުވެސް ވިދާޅުވި، ލިބުނީ ފަސް އިންސައްތަ- ޢާޒިމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް--

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވާދަކުރައްވަނީ، އެމްޑީޕީއަށް އިންތިހާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑު ވަނީ އެމަނިކުފާނާއެކު ކަމަށް ވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް، އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހުގައި އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީން ބޭނުންވާނެ ކަމަށެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އެމްޑީޕީއަށް އެންމެ ބޮޑުވާނީ އެމަނިކުފާނާއެކު ކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ މި ވާހަކަފުޅަށް ފާޑުވިދާޅުވެ، ޢާޒިމް ވިދާޅުވީ، ރައީސް އެ ވިދާޅުވި ޒާތުގެ ވާހަކައެއް، މީގެ ކުރިން ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކުވެސް ވިދާޅުވި ކަމަށެވެ. ނަމަވެސް، އެމަނިކުފާނަށް ލިބިވަޑައިގެންނެވީ، އެންމެ ފަސް ޕަސެންޓް ކަމަށް ޢާޒިމް ވިދާޅުވިއެވެ.

ޢާޒިމް މިހެން ވިދާޅުވީއިރު، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ އިސް ލީޑަރު، ރައީސް ޞާލިޙު ޕާޓީގެ ފަރާތުން ވާދަ ކުރައްވާނަމަ، ޕާޓީއަށް 20 އިންސައްތަ ވޯޓުވެސް ނުލިބޭނެ ކަމަށް ރައީސް ނަޝީދު، ރޭ ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!