ޚަބަރު

މާރިޔާގެ ރައްދު ރައީސް ނަޝީދަށް: އެމްޑީޕީއަކީ އެއްވެސް އިރެއްގަ ރިއެކްޓް ކުރާ ޕާޓީއެއް ނޫން

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ރިއެކްޓް ކުރައްވާ ބޭފުޅެއް ނޫން ކަމަށް ކުރީގެ ރައީސް/އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރައްދު ދެއްވައިފިއެވެ.

Ads by Sosun Fihaara

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން މާރިޔާ ވިދާޅުވީ އެމްޑީޕީ އަކީ އެއްވެސް އިރެއްގައި ރިއެކްޓް ކުރާ ޕާޓީއެއް ނޫން ކަމަށެވެ.

ރިއެކްޓް ކުރުމުގެ ބަދަލުގައި އެމްޑީޕީން ކުރަނީ “ޕްރޯ ރިއެކްޓް” ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި އެ ޕާޓީ އަކީ ބައެއްގެ ފަހަތުން ކުރާ ކަމަކަށް ބަލައިގެން ކުރިޔަށްދާ ބައެއް ނޫން ކަމަށާއި ރައީސް ނަޝީދު އެފަދަ ވާހަކައެއް ދެއްކުމުން އެކަމާ ހައިރާންވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

“ހަޤީގަތުގަ މި ޕާޓީއަކީ އެއްވެސް އިރެއްގަ ރިއެކްޓް ކުރާ ޕާޓީއެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑުމެންނަކީ ޕްރޯ އެކްޓް ކުރާ ޕާޓީއެއް. އަޅުގަނޑުމެން އަބަދުވެސް ދައްކަނީ ހަކުޅި ކުރިޔަށް ކުޅޭ ވާހަކަ” މާރިޔާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ގޮތުން،  ސަލްޓަން ޕާކުގައި ބޭއްވި ހަރަކާތުގައި ރައީސް ނަޝީދު ވިދާޅުވީ އާބާދީ ބޮޑެތި ރަށްރަށުގައި އިޤްތިޞާދީ ބޮޑެތި ހަރަކާތްތައް ހިންގާނެ ގޮތްތައް ލިޔެފައި އޮތަސް، އެކަންކަމަށް ރައީސް ޞާލިޙް "ރިއެކްޓް" ނުކުރައްވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!