ސަރުކާރުން މިއަދުން ފެށިގެން ބޮޑު ކޮށްފައިވާ ޓެކުހާއި، އިންފްލޭޝަން އަކީ މި އަހަރު ދިމާވާނެ އުނދަގޫތައް ކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މި ފެށުުނު އައު އަހަރުގެ ތަހުނިޔާ ދަންނަވައި، ރޭގެ ވަގުތެއްގައި، އެމަނިކުފާނު މީސްމީޑިއާ އެކައުންޓްތަކުން ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މި އަހަރަކީ އުއްމީދާއި ގޮންޖެހުންތަކުން ފުރިގެންވާ އަހަރެކެވެ. އަދި މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދުނިޔެ ހޫނުވުން އިތުރުވަމުން އަންނަކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވަނީ މިއަހަރަކީ، ދިވެހީންނަށް ކަންކަން ބަދަލު ކުރެވޭނެ އަހަރަަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ޖީއެސްޓީ ނުވަތަ މުދަލާއި ހިދުމަތުން ނެގޭ ޓެކްސް އަދި ޓީޖީއެސްޓީ ނުވަތަ ޓުއަރިޒަމް ވިޔަފާރިތަކުގެ މުދަލާއި ޙިދުމަތުން ނެގޭ ޓެކްސް އަށް ސަރުކާރުން މިވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ޖީއެސްޓީ %6 އިން %8 އިންސަތައަށް އިތުރުވީއިރު، ޓީޖީއެސްޓީ %12 އިން %16 އަށް ވަނީ އިތުރު ކުރައްވައިފައެވެ.
މި ބަދަލާ ދެކޮޅަށް ވާހަަކަ ދެއްކެވި ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ޓެކްސް ކުޑަ ކުރައްވާނެ ކަމަށް ވިދާޅުވެފައެެވެ.
ނަޝީދު ވެރިކަމާ ހޭބަލިވަނީ. ބަޔަކަށް ނުވަތަ ގައުމަށް ކިތަންމެބޮޑު ގެއްލުމެއްދޭންވެސް ޖެހިލުމެއް ނުވާނެ އެވަރުވެފަ އެހުރީ.