ޚަބަރު ސިޔާސީ

ރައީސް ނަޝީދު ބޭނުންފުޅުވެގެން، 20،000 މެމްބަރުން ޕާޓީން ވަކި ކުރި: މޫސަ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް މުޙައްމަދު ނަޝީދުގެ ބޭނުމަށް އެމްޑީޕީން 20،000 މެމްބަރުން ވަކި ކުރި ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

Ads by STELCO

މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، އެ ޕާޓީން ގިނަ މެމްބަރުން ވަކ ކޮށްފައިވާ ކަމަށް، ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުޙައްމަދު ނަޝީދު ތުހުމަތު ކުރައްވާފައިވާއިރު، މޫސަ ވިދާޅުވީ ރައީސް ނަޝީދުގެ އަމިއްލަ ބޭނުމަށްވެސް މެމްބަރުން ވަކި ކުރި ކަމަށެވެ.

މޫސަ ވަނީ ފާއިތުވި 15 އަހަރުގެ ތެރޭގައި، އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގައި މައްސަލަ އުފައްދައިގެން، ނަޝީދު ބޭނުންފުޅުވެގެން، އެތައް ބަޔަކު އެމްޑީޕީން ވަކި ކުރި ކަމަށެވެ. އަދި އެ މީހުންގެ ޢާއިލާގެ  އެތައް ބަޔަކު ޕާޓީން ވަކިވެ، 20،000އަށްވުރެ ގިނަ ބަޔަކު ވަކިވެގެން ދިޔަ ކަމަށެވެ.

މޫސަ މިހެން ވިދާޅުވިއިރު، ރައީީސް ނަޝީދު ވަނީ އެމްޑީޕީގެ 39،000 މެމްބަރުން އެ ޕާޓީގެ ދަފްތަރުން އުނި ކޮށްފައިވާ ކަމަށާއި، އޭގެތެރޭގައި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

 

 

 

 

 

Ads by Allied Insurance
  1. ގާބުރި

    އެމްޑީޕީގާ ވަކި ސަހަލު މީހަކު ނެތްކަން ސާބިތުވަމުން މި ދަނީ، ތިލަފަތުގާ ތިބީ ހަމައެއްގަލުން ފެހިކައިގެން އުޅޭރޮނޑުން ހުރިހާރޮނޑެއްވެސް ފެހިކެއީ ހަމަ އެއްގަލަކުން ތިމާ ބޭނުން ވެއްޖިއްޔާ ހަމަ ކޮންމެފަދަ ކަމެއްވެސް ކޮށއފާނެ، އެހެއޮ ޕާޓީ ފުނދުނަސް، އެންމެ ހެއްވާ ކަމަކީ އެޕާޓީގެ އާއްމު މެންބަރުން ބޯކައިފަ ދެން ކޮންމެ ކަމެއް ކުރިއަސް އާދެ މަސާހިބު ހެދިގެން ތިބޭތީ،
    އަނެއް ކަމަކީ މި ރިކޯމޫސަ މީ ކޮންމެތަނެއްވެސް ފަސާދަ ކުރުމުގެ ހުނަރު ލިބިފާ ހުރުން، އަމިއްލަ އެދުމެއްޗއޮތިއްޔާ ހަމަ މިހާވަރު އަރުވާނެ ކޮންމެ ތަނެއްގާވެސް.