ޚަބަރު ސިޔާސީ

ކެމްޕެއިން ދަތުރުފުޅެއްގައި ރައީސް ނަޝީދު ފުވައްމުލަކަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު މިއަދު ވަނީ ފުވައްމުލަކަށް ވަޑައިގަންނަވައިފައ-- ފޮޓޯ/ އަވަސް

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގެންފިއެވެ.

Ads by MWSC

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު، މި އިންތިޚާބު ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނަޝީދު ވަނީ ޑިސެމްބަރު މަހު އުތުރުގެ ތިން އަތޮޅުގެ ނުވަ ރަށަކަށް ޒިޔާރަތްކުރައްވައިފައެވެ.

އެމަނިކުފާނު މިހައިތަނަށް މާލޭގައި ބޭއްވި ކެމްޕެއިން ބައްދަލުވުންތައްވެސް ވަރަށް ފޯރީގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ޖެހިވަޑައިގައިގެންނެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅުތައް ނުފުއްދަވައި، ރިއެކްޓުވެސް ނުކުރައްވާތީ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދާއި ވާދަކުރައްވާނީ، އެ ޕާޓީގެ އިސް ލީޑަރު، ރައީސް ޞާލިޙެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ 50،000 އަށް ވުރެ ގިނަ މެމްބަރުންނަށް ވޯޓުލެވޭނެއެވެ.

މި އިންތިޚާބުގައި ވޯޓުލެވޭނީ މިދިޔަ މަހުގެ 18 އާ ހަމައަށް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!