ދުނިޔެ

އިޒްރޭލުން ފަލަސްތީނުގެ ކުޑަ ކުއްޖަކު ޝަހީދު ކޮށްލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިޒްރޭލްގެ ހައްދުފަހަނައަޅައިފައިވާ ޔަހޫދީން، ފަލަސްތީނުގެ ކުޑަ ކުއްޖަކު ޝަހީދު ކޮށްލައިފިއެވެ.

Ads by Sosun Fihaara

ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމުގައިވާ ބައިތުލަހަމްގައި، އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި، އެ މީހުންނަށް ހަމަލާ ދިން ކަމަށް ތުހުމަތުކޮށް، މިފަހަރު ޝަހީދު ކޮށްލައިފައިވަނީ އުމުރުން އެންމެ 15 އަހަރުގެ އާދަމް އައްސާމް ޝާކިރު އައްޔާދު ކިޔާ ކުއްޖެކެވެ.

އޭނާ ޝަހީދުކޮށްލާފައި ވަނީ މެޔަށް ބަޑި ޖަހައިގެންނެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މިކަން ކަށަވަރު ކޮށްދެއެވެ.

އައްޔާދަކީ ޔަހޫދީންގެ އަނިޔާވެރި، އަދި ލާއިންސާނީ ހަމަލާތަކުގައި މި އަހަރުގެ ތެރޭގައި ޝަހީދުކޮށްލައިފައިވާ ތިންވަނަ މީހާއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުވެސް، އިޒްރޭލުގެ ސިފައިންގެ މީހަކު ޝަހީދުކޮށްލި ކަމަށް ތުހުމަތުކޮށް، ފަލަސްތީނުގެ ދެ މީހެއްގެ ގެ އަސްކަރިއްޔާއިން ސުންނާފަތި ކުރިއެވެ.  މި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުވެސް ކޮށްލައިފައިވެއެވެ.

އިޒްރޭލުގެ ސަލާމަތީ ބާރުތަކުން، އެބައިމީހުން ހިފައިފަފައިވާ އިރުމަތީ ޤުދުސް ހިމެނޭ ގޮތަށް، ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި މިދިޔަ އަހަރު ފަލަސްތީނުގެ 150 އަށް ވުރެ ގިނަ މީހުން ޝަހީދު ކުރިއެވެ.

މިދިޔަ ޑިސެމްބަރު މަހު އދ އިން ވިދާޅުވެފައި ވަނީ 2022 ވަނަ އަހަރަކީ، 2005 ވަނަ އަހަރަށް ފަހުގައި، ހުޅަނގު އައްސޭރީގައި ހިންގި އުދުވާންތައް އެންމެ ގިނަ އަހަރު ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!