ވިޔަފާރި

ކުކުޅު ފިހާރައިގެ ޝޯރޫމެއް އައްޑު އަތޮޅު ހިތަދޫގައި ހުޅުވައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ފިނިކުރި ކުކުޅާއި، ކުކުޅުގެ ބައިތަކާއި، ފިނިކުރި އިތުރު އައިޓަމްސް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ "ކުކުޅު ފިހާރަ"އިގެ ޝޯރޫމެއް އައްޑު އަތޮޅު ހިތަދޫގައި ހުޅުވައިފިއެވެ.

Ads by STELCO

އައްޑޫ ސިޓީ ހިތަދޫ ބުރިކެޑަ މަގުގައި ހުންނަ ޒިގް ޒިގް ގަރާޖު ކުރިމަތީގައި ހުޅުވި ކުކުޅު ފިހާރައިގެ ޝޯ ރޫމަކީ ކުކުޅު ފިހާރައިން އަތޮޅު ތެރޭގައި ހުޅުވި ދެވަނަ ޝޯ ރޫމް އެވެ. އަތޮޅު ތެރެއިން ދެން ކުކުޅު ފިހާރައިގެ ޝޯރޫމެއް ހުންނަނީ އއ. ތޮއްޑޫގައެވެ.

މާލެ އާއި ހުޅުމާލޭގައި އެ ކުންފުނީގެ 3 ފިހާރަ ހުންނައިރު، އަތޮޅުތަކުގައި އެކުންފުނީގެ އިތުރު ޝޯ ރޫމްތައް ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކުކުޅު ފިހާރައިން ބުނެފައިވެއެވެ.

ކުކުޅު ފިހާރައިގެ އަމާޒަކީ ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނި ކުރި ތަކެތި ފޯރުކޮށްދިނުން ކަމަށް ކުކުޅު ފިހާރައިން މައުލޫމާތުދެއެވެ.

ކުކުޅު ފިހާރަ" ގެ ވެބްސައިޓް، މެދުވެރިކޮށް އިތުރު މައުލޫމާތު ލިބޭނެ އެވެ. އަދި ކުކުޅު ގަންނަން ބޭނުންވާ ފަރާތްތަކުން ގުޅަންވީ 9986575 އަށެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!