ލައިފްސްޓައިލް

ކިޑްނީ ބައްޔެއް ޖެހުމުން ފެނިދާނެ ބައެއް އަލާމާތްތައް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކިޑްނީ އަކީ އިންސާނާ ދިރި ހުރުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ގުނަވަނެވެ. މީހާ ހެލިފެލިވެ އުޅުމަށް އެންމެ އިސް ރޯލެއް އަދާ ކުރާ އެއް ގުނަވަނަކީ ވެސް ކިޑްނީ އެވެ.

Ads by STELCO

ކިޑްނީ ބައްޔޭ ބުނުމުން ކިޑްނީ ފެއިލް ވުމުގެ އިތުރުން ވެސް އެތައް ބައިވަރު ބަލިތަކެއް އޭގެ ތެރޭގައި ހިމެނިދާނެއެވެ. އެގޮތުން  ކިޑްނީ ދުޅަވުން، ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އުފެދުން، ކިޑްނީގައި ހިލައުފެދުން ފަދަ ބަލިތައް ހިމެނެއެވެ.

ދުވަސްވީ ކިޑްނީގެ ބައްޔަކީ 3 މަސް ދުވަހަށް ނުވަތަ އެއަށްވުރެ ދިގުމުއްދަތަކަށް ކިޑްނީގެ މަސައްކަތްކުރުން ދަށްވުން، ނުވަތަ ކިޑްނީއަށް ގެއްލުން ލިބިފައި ހުރުމެވެ. ވަކި މިންވަރަކަށްވުރެ ކިޑްނީގެ މަސައްކަތް ދަށަށް ދިއުމުން، ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމަށް ކިޑްނީ ނުކުޅެދެއެވެ.

ކިޑްނީ ނުރައްކަލުގެ ތެރޭގައި ވާކަމުގެ ނިޝާންތައް:

އާދަޔާ ޚިލާފަށް ފަލަވެ، ބަރުދަން އިތުރުވުން.

އުނަގަނޑު، އަރިކަށިން ތިރި، ނުވަތަ ދަށްބަނޑުގައި ނުފިލާ ތަދެއް ހުރުން.

ކުޑަކަމުދާއިރު ތަދުވުން، ކުޑަކަމު ނަޖިހަށް ބަދަލުއައިސްފައި ހުރުން، ނުވަތަ ނޭނގި ކުޑަކަމުދެވުން

ސަބަބު ބަޔާންކޮށްދޭން ނޭނގި ހުންއައުން ·

ފައިތިލަ، ތަނބިކަށި، ފައި ފޮއްސިވެ ދުޅަވުން ·

ހެދުނު ހޭލާއިރު ލޮލުގެ ބޮނޑި ދުޅަވެފައި ހުރުން ·

ދޭތެރެ ދޭތެރެއިން ހަށިގަނޑުން ފެންމަދުވުމުގެ މައްސަލަ ކުރިމަތިވުން

ވަރުބަލިވުން

ބޯ އަނބުރާ ހޮޑުލެވުން

އަނގައިގައި ނުބައި ރަހަލުން

ލޭމަދުވުން

ވަކިކަމަކާއި ނުލައި ގައިގައި ފިތްނެގުން

އާއިލާގައި ކިޑްނީގެ ބަލި ޖެހިފައިވާ މީހަކު ހުރުން

ކިޑްނީގެ ބަލިތަކަކީ ނޭނގި ހުއްޓައި ކުއްލިއަކަށް ފުރާނައަށް ނުރައްކާވެ، ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރުކުރުވާ ބަލިތަކެކެވެ.މަތީގައި ބަޔާންކޮށްފައިވާ އަލާމާތްތަކުގެ ތެރެއިން އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯއްދަވާށެވެ. އަދި ކިޑްނީ ބަލިތަކުން ރައްކާތެރިވުމަށް ގިނަ ގިނައިން ފެން ބުއިމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!