އެމްޑީޕީ ތެރެއިން ޑީއާރްޕީ ފިކުރުގެ ކުލަތައް ފެންނަމުންދާ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް ކުރީގެ ރައީސް/އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އއ. ރަސްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކަންބޮޑުވަނީ "މައުމޫނީ ފިކުރެއް" އެމްޑީޕީގެ ތެރެއަށް ވަންނަމުންދާތީ ކަމަށެވެ. އަދި ކުރީގެ ފިކުރަކާއި ހަމަތަކަށް، އަނެއްކާވެސް މަޑުމަޑުން އެބުރޭތަން ފެންނަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
“އަޅުގަނޑުގެ ކަންބޮޑުވުން މިދެންނެވިހެން މިހުންނަނީ މައުމޫނީ ފިކުރެއް، ޑީއާރްޕީ ފިކުރެއް އަޅުގަނޑުމެންގެ ކަންތައްތަކުގެ ތެރެއަށް ވަންނަމުންދާތީ" ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ވެރިކަން ދިފާއު ކުރުމަށް ސަރުކާރު މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށާއި އައްޑިހައިގެ އަހަރުތަކުގެ ބަސްތަކެއް އަނެއްކާވެސް އަޑުއިވެމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް ވެރިކަމަށް އަންނަން ބުއްދިވެރީ ވަރަށް އާދައިގެ ގޮތަކަށް އުޅެ އެކަން ކުރެވުނީމަ. މާބޮޑު ލޯންޗުތަކެއްގަ މާ ގަދަރާއި އިއްޒަތް ބަބުޅާ ދައްކަމުން އެކަން ކުރަން ފަށައިފިނަމަ އަޅުގަނޑުމެންނަށް އެ އާދެވެނީ ނުބައި ވެރިކަމަކަށް" ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ރަށަކަށް ވަޑައިގެން ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަކީ ޑީއާރްޕީގެ ފިކުރެއްގެ ކުލައެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީއަށް ވެރިކަމަށް އާދެވުނީ ވަރަށް އާދައިގެ ގޮތަކަށް އުޅެގެން ކަމަށާއި ރައްޔިތުންގެ ވެރިކަމެއް ކުރެވޭނީ އެމްޑީޕީން ހޯދާފައިވާ މަގުން ކުރިޔަށް ދިޔުމުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ދެގުރޫޕުން ޝޯޓުބޭލޭނީ ކޮންބެއިފު ޅެއްތޯ ބަލަން ތިބުން މުހިންމު
ޥަގު ނަސީދު އާހެދި ކަން ބޮދުވޭ.ވެރިކަމާ ހޭބަލިވާތީ ކަންބޮޑުވޭ.
ހުރިހާ އެއްމެން ކަލޭ ފަހަތުން ދުވީމަ ނުވާނެދޯ ޑީއާރުޕީ ފިކުރަކަށް؟؟؟ މޮޔަގަނޑު!!
އަހަންނަށް އެއް އިރަކު ހީވި ޕީޕީއެމް ކުލަ ކުއްލިއަކަށް ޖެހެން އުޅުނުހެން ވެސް. އެކަމަކު ކުލަ ޖައްސާ ފިހިގަޑު ޕީޕއެމްއިން ނުދިނީމަ ކޮން ހަޅޭކެއް ލަވާކަށްތަ؟