ޚަބަރު ސިޔާސީ

ޗައިނާއާ ދިމާކޮށް، އެއްޗެހި ގޮވުން ހުއްޓައިލަން ޖެހޭ ކަމަށް ޝަރީފު ވިދާޅުވެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު--

ޗައިނާއާ ދިމާކޮށް، އެއްޗެހި ގޮވުން ހުއްޓައިލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.

Ads by MWSC

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޗައިނާގެ މާކެޓު ހުޅުވި، މި މަހުގެ 18 ވަނަ ދުވަހު، ރާއްޖެއަށް އެ ޤައުމުގެ ފަތުރުވެރިން އަންނަން ފެށުމުން، ރާއްޖޭގެ އިޤްތިޞާދަށް ދިރުމެއް އަންނާނެ ކަމަށެވެ.

"އަދި އިޤްތިޞާދީ ކުރިއެރުން ހަލުވި ވެގެންދާނެ. ބައެއް ސިޔާސީ ލީޑަރުން ޗައިނާއާ ދިމާކޮށް، އެއްޗެތި ގޮވުން ހުއްޓައިލާން އެބަޖެހޭ." މަވޯޓާގެ ޓްވީޓުގައިވެއެވެ.

އޭނާ މިހެން ވިދާޅުވިއިރު، ޗައިނާއަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ސިޔާސީ ލީޑަރަކީ، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ.

ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ ޗައިނާ އިން ރާއްޖޭގެ ތަރައްޤީއަށްޓަކައި ހިންގާފައިވާ މަޝްރޫޢުތަކުގެ މަޤްސަދަކީ ރާއްޖެ ދަރަނީގެ އަނދަވަޅަކަށް ވައްޓާލުން ކަމަށެވެ. ރައީސް ނަޝީދުގެ މިފަދަ ވާހަކަތަކަށް ޗައިނާގެ ސަފީރު ވާން ލިޖިން ވަނީ މީގެ ކުރިން ރައްދުވެސް ދެއްވައިފައެވެ.

މިގޮތުން ވާން ލިޖިން ވިދާޅުވި ގޮތުގައި، ޗައިނާ އާއި ރާއްޖޭގެ ގުޅުމުގެ އެންމެ ޚާއްސަ ކަމަކީ ދެ ޤައުމަކީ ވެސް ހަމަހަމަ ބައެއް ކަމަށް ދެކިގެން އިޙްތިރާމާ އެކު ކުރިއަށް ދިއުމެވެ.

  1. ރައްފުށު

    ރާއްޖެއައްް ފަތުއަޑުކިޔާފަަ ޓޫރިސްޓުންއާދޭއެކަމަކުު ޑޮލަރެއްނުލިބޭޭ ތީގެމާނައަކީީ ސަރުކާރުންވަރައްބޮޑައްް ކޮންމެވެސްބަޔަކުު އޮބަވައްކަންކުރެޔޭޭ އެމީހުންް ހޯދާއިންސާފުގެެ ކުރިމައްޗައްް ގެނެސްދޭންޖެހޭޭ