Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ކޮވިޑަށް ފައްސިވީ 2 މީހުން

މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ކޮވިޑަށް ފައްސިވީ 2 މީހުން

މިމަހުގެ ފުރަތަމަ ހަފްތާގައި މާލެ ސަރަހައްދުން ކޮވިޑް 19 ޖެހުނީ 2 މީހުންނަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާގައި ކޯވިޑް ޖެހިގެން ރިޕޯޓްކޮށްފައިވަނީ 9 މީހުންނެވެ. މި 9 މީހުންގެ ތެރޭގައިހިމެނެނީ މާލެ ސަރަޙައްދުން ބަލި ޖެހުނު 2 މީހަކާއި އެހެނިހެން ތަންތަނުން ބަލިޖެހުނު7 މީހުންނެވެ. މިއާއެކު ކޯވިޑް ޖެހުނު މީހުންގެ ޢަދަދު ވަނީ 185،702 އަށް އަރާފައެވެ.

މި ބަލިޖެހިގެން މިހާރު 2 މީހަކަށް އަންނަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. އަދި ބަލި ޖެހިގެން މިހާތަނަށް 311 މީހަކު ވަނީ ނިޔާވެފައެވެ.

Advertisement
Allied — Dhen Online (box)

ކޮވިޑުން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް 399،151 މީހުން ވަނީ ޖަހާފައެވެ. ދެވަނަ ޑޯޒް 385،081 މީހުންވަނީ ޖަހާފައެވެ. ބޫސްޓަރގެ ފުރަތަމަ ޑޯޒް167،589 މީހުންޖަހާފައިވާއިރު ބޫސްޓަރގެ ދެވަނަ ޑޯޒް 1393 މީހުންވަނީ ޖަހާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް