އެޑްވަޓޯރިއަލް

އުރީދޫ ފޯނު ބެލެންސް ބޭނުންކޮށްގެން ކާރްތީ ސްޓޯރުން ގިފްޓް ކާޑު ގަނެވޭނެ

ރައުފާ ރަޝީދު

އުރީދޫ ކަސްޓަމަރުންނަށް ކްރެޑިޓް އަދި ޑެބިޓް ކާޑާ ނުލާ އޮންލައިން ގޭމިން އަދި އީކޮމާސް ޕްލެޓްފޯމުތަކުގެ ގިފްޓް ކާޑު ގަނެވޭނެ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

އުރީދޫން ވިދާޅުވީ ކާރޓީ ސްޓޯރ މެދުވެރިކޮށް ޕްލޭސްޓޭޝަން، އެކްސް ބޮކްސް، ނެޓްފްލިކްސް، ޕަބްޖީ، ފަދަ އީކޮމާރސް އަދި ގޭމިންގ ޕްލެޓްފޯރމް ތަކުގައި ބޭނުންކުރުމަށް ގިފްޓް ކާޑް ފަސޭހަކަމާއެކު ލިބިގެންދާނެކަމަށެވެ.

އުރީދޫ މޮބައިލް މެދުވެރިކޮށް ކާރްތީ ސްޓޯއިން ކާޑް ގަތުމަށް:

  1. ބޭނުންވާ ގިފްޓް ކާޑް ޚިޔާރު ކުރައްވާ
  2. ގައުމުގެ ގޮތުގައި މޯލްޑިވްސް ޚިޔާރުކުރައްވާ
  3. މޮބައިލް އޮޕަރޭޓާގެ ގޮތުގައި އުރީދޫ މޯލްޑިވްސް ޚިޔާރުކުރައްވާ
  4. މޮބައިލް ނަންބަރު ޖެހުމަށްފަހު ޕަރޗޭސްއަށް ފިއްތާލައްވާ
  5. ޕަރޗޭސް ފުރިހަމަ ކުރުމުން ޔަޤީން ކުރުމަށް ޕިން ނަމްބަރެއް މޯބައިލް ފޯނަށް ލިބޭނެ
  6. ޕިން ނަންބަރު ޖަހައި ކޮންފާރމްއަށް ފިއްތާލައްވާ
  7. ޕިން ނަންބަރު ރަގަޅަށް ޖެހުމުން ގަތް ކާޑު "މައި ކާޑްސް" އިން ފެންނާނެ

އުރީދޫން ވިދާޅުވީ ކާރޓީ ސްޓޯރ އަށް ސައިންއަޕް ކުރުމަށް www. kartistore.com އަށް ޒިޔާރާތްކޮށް، ސައިންއަޕް ލިންކަށް ފިއްތުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ވުމުން އެކްޓިވޭޓް ކުރުމަށް ލިބޭ އީމެއިލްގައިވާ ލިންކްއަށް ފިއްތައި، އެކައުންޓް އެކްޓިވޭޓް ކުރުމުން ކާރޓީ ޕްލެޓްފޯމަށް ލޮގިން ކުރެވޭނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!