ޚަބަރު

"ޕޯސްޓްގެ ޑީއެމްޑީގެ ތާއީދު ނަޝީދަށް: "އެމްޑީޕީގެ އަސާސްތައް ދެމެހެއްޓޭނީ ރައީސް ނަޝީދާއެކު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސިޔާސީ މަޤާމެއް ކަމަށްވާ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ، އަޙްމަދު އަދުހަމް އަންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާނެކަން ހާމަ ކުރައްވައިފިއެވެ.

Ads by STELCO

ރައީސް ނަޝީދުގެ ކެންޕެއިން ހޭންޑަލް އިން މިއަދު އާއްމުކުރި ވީޑިއޯއެއްގައި، އަދްހަމް ވިދާޅުވީ، އޭނާ އެމްޑިޕީގައި ހުންނެވީ ޕާޓީގެ އަސާސްތައް ޤަބޫލު ކުރާތީ ކަމަށެވެ. އަދި އެއީ މަގާމާއި ޖާހަތާއި އިއްޒަތް ބޭނުން ވެގެން ނޫންކަމަށް ވިދާޅުވިއެވެ.

އަދުހަމް ޕޯސްޓް ލިމިޓެޑްގެ ޑިއެމްޑީގެ މަގަމަށް އައްޔަ ކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.

އަދުހަމް މިހެން ވިދާޅުވިއިރު، ރައީސް ނަޝީދަށް ތާއީދު ކުރައްވާ ސަރުކާރުގެ ބޭފުޅުންނަށް މަޤާމުގެ ބިރު ދައްކާކަމަށް ނަޝީދުގެ ޓީމުން ތުހުމަތު ކުރެއެވެ.

"އަޅުުގަނޑަށް މިހާރަކަށް އައިސް އެމްޑީޕީގެ އަސާސްތައް ފުނޑިގެންދާތަން ފެންނާތީ، އަޅުގަނޑު އެ އަސާސްތައް ދަމަހައްޓަން ބޭނުންވާތީ، އެ ދިރުވަން، އެ އުންމީދު އަޅުގަނޑުމެންނަށް ފެންނަން އޮތީ ރައީސް ނަޝީދާއެކު ހުރެގެން ކަމަށް ފެންނާތީ" ރައީސް ނަޝީދަށް ތާއީދު ކުރައްވާ ސަބަބާ ގުޅޭ ގޮތުން އަދުހަމް ވިދާޅުވިއެވެ.

މި ޕްރައިމަރީގައި ސަރުކާރުގެ ކުންފުނިތަކުގެ ގިނަ އިސްވެރިން ތާއީދު ކުރަމުން އަންނަނީ ނަޝީދުގެ ވާދަވެރި ކެނޑިޑޭޓް ރައީސް ޞާލިޙަށްކަން ފާހަގަކުރެއެވެ. ކުންފުނިތަކުގެ އެމްޑީންނާއި ބޯޑު މެންބަރުން ދަނީ ރައީސް ޞާލިޙްގެ ކެންޕެއިންގައި އަމަލީގޮތުން ހަރަކާތްތެރިވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!