މާލޭގައި " މަގު ފާރަވެރިން " ތައާރަފް ކުރަނީ

މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުމަތީގެ ކަންކަން ބެލެހެއްޓުމަށް މަގުފާރަވެރިން އުފައްދާ އެކަމަށް މުވައްޒަފުން ނަގަން ނިންމައިފިއެވެ.މާލެ ސިޓީގެ މަގުތައް ބެލެހެއްޓުމަށް މަގު ފާރަވެރިން ނެގުމަށް ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 84 ވަނަ ޖަލްސާގައެވެ.
މާލެ ސިޓީގެ މަގުތައް ބެލެހެއްޓުމަށް މަގު ފާރަވެރިން ނެގުމަށް ހަމަޖެއްސީ މާލޭގެ މަގުތަކުގެ އެކިއެކި ކަންކަން ބެލެހެއްޓުމަށްކަމަށެވެ.
މިގޮތުން މަގު ފާރަވެރިން މަސްއޫލިއްޔަތުގެ ތެރޭގައި މަގުމަތީގައި ދުއްވާ އުޅަނދުފަހަރު ދުއްވަނީ ގަވާއިދާ އެއްގޮތަށްތޯ ބަލައި މަގުމަތީގައި ޕާކުކޮށްފައިވާ އުޅަނދުތައް ޕާކު ކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމާއި މަގުމައްޗާއި ޕޭވްމެންޓްގައި ބަހައްޓާފައިވާ ތަކެތި ހުންނަނީ އާންމުންނަށް އުނދަގޫވާގޮތަށްތޯ ބެލުމާއި ރިޕޯޓް ކުރުން ފަދަ ކަންކަނަ ހިމެނޭނެކަމަށް މާލޭ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވައެވެ.
މިކަމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މިކަމުގެ ސަބަބުން މާލޭގެ މަގުތައް ފުރިހަމަ ގޮތެއްގައި ބެލެހެއްޓުމަށް މަގުފަހި ވެގެންދާނެ ކަމަށާއި މި މަގު ފާރަވެރިން ޕޮލިސް ކޮންސްޓަބިއުލަރީގެ ބޭފުޅުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކުރިން މަގުމަތީގެ ކަންކަން ރަނގަޅު ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މާލެއިން މީހުންބޭލީމަ ރާއްޖޭގައި މިހިނގާހުރިހާޖަރިމާތައްްހުއްޓިދާނެ މާލެއަކީ ރާއްޖޭގައިހިންގާ ހުރިހައިނުބައިކަމެއްގެ މައްމަ