ޚަބަރު އިޖުތިމާޢީ

ރަންތާޖު ޤުރުއާން މުބާރާތުގެ ތާވަލަށް ބަދަލުތަކެއް ގެނެސްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތް ކަމުގައިވާ "ރަންތާޖު" ޤުރުއާން މުބާރާތުގެ އޮޑިޝަން ބާއްވާނެ ރަށްތަކާއި ތާރީހުތައް ބަދަލުކޮށްފިއެވެ.

Ads by Sosun Fihaara

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެން ކުރިއަށްގެންދާ މި ޤުރުއާން މުބަރާތުގެ އޮޑިޝަން ބޭއްވުމަށް ކުރިން ހަމަޖެހިފައިވަނީ 15 ޖެނުއަރީއާއި 15 ފެބްރުއަރީއާ ދޭތެރޭގައެވެ.

އެހެންނަމަވެސް މިހާރު ގެނެވުނު ބަދަލުތަކާއެކު އޮޑިޝަން ކުރިއަށް ދާނީ ޖެނުއަރީ 15 ފެބްރުއަރީ 16 އާއި ހަމައަށެވެ. އަދި އޮޑިޝަން އޮންނާނެ ތާރީހުތަކަކީ 15 ޖެނުއަރީ 2023 - ސ. ހިތަދޫ، 18 ޖެނުއަރީ 2023 – ގދ ތިނަދޫ، 21 ޖެނުއަރީ 2023 – ދ ކުޑަހުވަދޫ، 23 ޖެނުއަރީ 2023 – ފ ނިލަންދޫ ،1 ފެބްރުއަރީ 2023 - ބ. އޭދަފުށި، 4 ފެބްރުއަރީ 2023 – ހދ ކުޅުދުއްފުށި، 7 ފެބްރުއަރީ 2023 – އއ ރަސްދޫ، 10 ފެބްރުއަރީ 2023 – ޅ ނައިފަރު، 15 އަދި 16 ފެބްރުއަރީ 2023 - މާލޭގައެވެ.

ރަންތާޖު ޤުރުއާން މުބާރާތުގެ އޮޑިޝަނުން 20 ބައިވެރިޔަކު ހޮވާނެއެވެ. މި މުބާރާތުގައި 16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެސްއެމްއެސް ކުރާނީ އާރްޓީ ސްޕޭސް، ފުރިހަމަ ނަން، އުމުރު، އައިޑީ ނަންބަރު، އޮޑިޝަން ހަދަން ބޭނުންވާ ސަރަޙައްދު ޖެހުމަށްފަހު، 450 އަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!