ޚަބަރު ސިޔާސީ

އެމްޑީޕީ ބޮޑު ސިޔާސީ ލަޝްކަރަކަށް ވެގެން ދިޔައީ ފެބްރުއަރީ 7ވަނަ ދުވަހު ރައްޔިތުންގެ ގަޔަށް ބަޑި ނުޖެހުމުން

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޑީޕީ ބޮޑު ސިޔާސީ ލަޝްކަރަކަށް ވެގެން ދިޔައީ ފެބްރުއަރީ 7ވަނަ ދުވަހު ރައްޔިތުންގެ ގަޔަށް ބަޑި ނުޖެހުމުން ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި މާލޭގެ ރާޅުގަނޑު ސަރަހައްދުގައި މިރޭ ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ފެބްރުއަރީ 7 ވަނަ ދުވަހު އެމްޑީޕީގެ ސަރުކާރު ވައްޓާލީ ފުލުހުންނާ ސިފައިންގެ ބަޣާވާތެއްގައި ކަމަށެވެ. 

އެހެންނަމަވެސް އޭގެ ފަހުން ވެސް ރާއްޖޭގެ ރައްޔިތުން ތިބީ އެމްޑީޕީއާ އެކު ކަމަށާއި އިންތިހާބު ކާމިޔާބު ކުރީވެސް އެ ތާއިދާ އެކު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

“2012 ވަނަ އަހަރުގެ ބަޣާވާތައް ފަހު ފެބަރުއަރީ 7 ވަނަ ދުވަހު އަޅުގަނޑުމެންގެ ސަރުކާރު ވައްޓާލީ ފުލުހުންނާ ސިފައިންގެ ބަޣާވަތެއްގަ. ފެބްރުއަރީ 8 ވަނަ ދުވަހު މުޅި ރާއްޖޭގެ ރައްޔިތުންތިބީ އަޅުގަނޑުމެންނާ އެކީގަ. އަޅުގަނޑުމެންގެ ސަރުކާރުގެ އިންތިހާބު ހޯދީ އެ ތާއިދާ އެކީގަ” ރައީސް ނަޝީދު ވިދާޅުވިއެވެ. 

މީގެ އިތުރުން އެމްޑީޕީ ބޮޑު ސިޔާސީ ޕާޓީއަަކަށް ވެގެން ދިޔައީ ފެބްރުއަރީ 7 ވަނަ ދުވަހު ހިނގި ބަޣާވާތުގައި ރައްޔިތުންގެ ގަޔަށް ބަޑި ނުޖެހުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

2018ވަނަ އަހަރަށް އެމްޑީޕީގެ މި ބޮޑު ސިޔާސީ ލަޝްކަރަށް ވެގެން ދިޔައީ އިތުރު ސަބަބެއް އޮވެެގެނެއް ނޫން. ފެބްރުއަރީ 7 ވަނަ ދުވަހު އަޅިގަނޑުމެން ގަޔަށް ބަޑި ނުޖެހީތީ” ރައީސް ނަޝީދު ވިދާޅުވިއެވެ. 

މި ޖަލްސާގައި ވާހަަކަފުޅުދައްކަވަމުން ނަޝީދު ވަނީ ސަރުކާރަށާއި ރައީސް ޞާލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރުން ކުރިޔަށް ގެންދާ ތަރައްގީގެ އެއްވެސް ޕްރޮޖެކްޓެއް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުދާކަމަށާއި، މިސަރުކާރުން ކޮންމެ މަޝްރޫއެއްވެސް އަންނަނީ އަންނީ ބުނެ އިސްތިހާރު ކުރަމުންދާ ކަމަށެވެ.

Ads by HDC
  1. އަބްދު

    ނަސީދު ހަމަވެރިކަމާގެންބަގުޑިބައްދަނީ

  2. ެައަބްދޫ

    ބަޑި ޖަހަން ނަސީދު އަމުރުކުރި .ބަޑިގުދަން ތަޅުލާ ނަސީދުގެ އޯޑަރ ނުހިގުމުން ނަސީދާ ތަވާވި ބަޔަކު ރަބަރު ވަޒަން ބޭނުންކޮށްގެން ބަޑި ޖެހި .ދޮގު ފަތުރަން އުޅޭނެޚަމެއްނެތް ވީޑިއޯ އެބަހުރި