ދީން

ރަނގަޅު ޖީލެއް ބިނާކުރެވޭނީ ކީރިތި ޤުރުއާންގައިވާ ވާހަކަތަކުން އިބްރަތް ހާސިލްކޮށްދެވިގެން: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިލްމާއި އަހްލާގުގެ މަތީގައި ރަނގަޅު ޖީލެއް ބިނާކުރެވޭނީ ކީރިތި ޤުރުއާނުގައިވާ ވާހަކަތަކުން އިބްރަތް ހާސިލްކޮށްދެވިގެން ކަމަށް ޚުތުބާގައި ބުނެފިއެވެ.

Ads by MWSC

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީއިލްމީ އަހްލާގީ ޖީލެއް ބިނާކުރުމުގައި ކީރިތި ޤުރްއާނުގެ ދައުރު" މިއެވެ.

ހުތުބާގައި ބުނެފައިވަނީ އިސްލާމް ދީނަކީ އިލްމީ ގާބިލުކަމެއް ނެތް ބޯދާ ދީނެއް ކަމަށް ކުރެވޭ ހީ އަކީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށެވެ. އަދި މުސްލިމުންނަށް ކުރިއެރުން ލިބުނީ ހަރުދަނާ އަގީދާއަކާއި ވަރުގަދަ އިލްމީ ބިންގަލެއްގެ މަތީގައި މުސްލިމުންގެ ޖީލުތައް ތަރުބިއްޔަތު ކުރެވިގެން ކަމަށް ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން އިލްމާއި އަހްލާގުގެ މަތީގައި ޖީލެއް ބިނާ ކުރެވޭނީ ތަޢުލީމާއި ތަރުބިއްޔަތުގައި ޤުރްއާން މަންހަޖަށް ރުޖޫއަވެގެން ކަމަށާއި އެ މަންހަޖަކީ ވިސްނައި ފިކުރު ކުރަންވީ މަންހަޖު ކަމަށް ޚުތުބާގައި ބުންޏެވެ.

އަދި ރަނގަޅު ޖީލެއް ބިނާކުރެވޭނީ ދަރިންގެ އުނގެނުމާއި ތަރުބިއްޔަތުގައި ޤުރައާގެ މަންހަޖު ހިމަނައިގެން ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!