ޝުޖާޢު އިމްރާނަށް: ޖަލުގައި އަނިޔާވެރިކޮށް ހިނގި މަރުތައް އަހަރެމެންގެ ފޮތުގައި ހުރީ ލިޔެވިފައި
ޖަލުގައި އަނިޔާވެރި މަރުތަކެއް ހިނގާފައިވާކަމަށާއި އެކަންކަން ފޮތުގައި ލިޔެފައިވާކަމަށް ވިދާޅުވެ، މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ މެމްބަރު އިބްރާހިމް ޝުޖާޢު، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
ބޮޑު ކާމިޔާބެއް ލިބުނުކަމަށް ވާނީ ގިނަ ވާދަވެރިންނާއި ބޮޑެތި ޢަދާވާތްތެރިންނާއި ވާދަކޮށް ކުރި ހޯދީމައި ކަމަށާއި ފޮނިކަމެއް އިހުސާސް ކުރެވޭނީ ރަނގަޅަށް ވާދަކޮށްލައިގެން ކާމިޔާބު ލިބުމުން ކަމަށް ވިދާޅުވެ މިނިސްޓަރ އިމްރާން މިއަދު ކުރެއްވި ޓްވީޓް، ރީޓްވީޓް ކުރައްވާ ޝުޖާޢު ވަނީ ރައީސް ޔާމިނާ ވާދަކޮށްލަށް ނުކެރިގެން ތިއުޅެނީ ކީއްވެތޯ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ވާދަކޮށްލަން ނުކެރިގެން ތިއުޅުއްވަނީ ކީއްވެތޯ އައްސަަވައިފައެވެ.
"ރައީސް އިބުރާހިމަށް ދަންނަވާލަބަލަ ރައީސް ޔާމިނާ ވާދަކޮށްލަށް ނުކެރިގެން ތިއުޅެނީ ކީއްވެތޯ؟ހަރާމީކޮށް 5 އަހަރު ރައީސް ޔާމިން ތިގެންގުޅެނީ ވާދަވެރިންނާއެކު ވާދަކޮށްލަން ކެރޭތީތޯ؟ ޖަލުގަ އަނިޔާވެރިކޮށް ބައިވަރު މަރުތައް ހިނގައިފި.އަހަރެމެންގެ ފޮތުގައި ލިޔެވިފައި އެބަހުރި." ޝުޖާޢު ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކުރި ޙުކުމަކީ ބޭއިންސާފު ހުކުމެއްކަމަށް ބުނެ އިދިކޮޅުންދަނީ މުޒާހަރާ ކުރަމުންނެވެ. ވ. އާރަށް ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25ގައެވެ.
ލަދުހަޔާ މީމީނާ ދަންނަ އެއްޗެނަމަ މިތަންތަނަކައް ނާރާނެ ޖަލުގެ ބޮޑު ޖައްލާދެއްގެ ފަހަތުން ނެއްޓެން ނޭގިގެން ނޫންތަ ކަލޯ ތިއުޅެނީ