ޚަބަރު

އިންޑިއާ އަށް ބޭސްފަރުވާ އަށް ފޮނުވި ތިން ދިވެހިން ނިޔާވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އާސަންދައިގެ ދަށުން އިންޑިއާއަށް ބޭސްފަރުވާ އަށް ފޮނުވި ތިން ދިވެހިން މިހާތަނަށް ނިޔާވެއްޖެއެވެ.

Ads by STELCO

ނިޔާވި ދިވެހިންގެ އަދަދު ތިނަކަށް އަރާފައިމިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އިތުރު ދިވެއްސަކު ނިޔާވުމުންނެވެ. މިއަދު ނިޔާވެފައިވަނީ އުމުރުން 25 އަހަރުގެ އަންހެނެއް ކަމުގައި އޮންލައިން ނޫހެއް ކަމަށްވާ 'ވަގުތު'ގައި ބުނެފައިވެއެވެ.

އެގޮތުން އާސަންދަ އޮފީހުގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވާ ގޮތުގައި ނިޔާވި އަންހެން މީހާ އާ ކޮވިޑް19 އާ ގުޅުމެއް ނެތެވެ. އަދި އެއީ އިންޑިއާ އަށް ބޭސްފަރުވާއަށް ފޮނުވި ފުރަތަމަ ބެޗުގެ މީހެއް ކަމަށާއި އެއީ ވަރަށް ބަލި މީހެއް ކަމުގައި ވެސް އެނޫހުގައި ބުނެފައިވެއެވެ.

މީގެ ކުރިން ވެސް އިންޑިއާ އަށް ބޭސްފަރުވާ އަށް ދިޔަ ދެ މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި 11 މަހުގެ ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ.

Ads by Allied Insurance
  1. ފާއިޒް

    ކިހި ނެއްބާ މިވަނީ..ދާ ކޮންމެ މީހަކު ނިޔާވަނީ.މިކަން ވެސް އެބަޖެހޭ ބަލަން

  2. ހުސަން

    ކޮވިޑް ޓެސްޓް ހަދަން 14 ދުވަސް ނަގާތީ ވާގޮތް